އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އައިއޯވާ ގައި ބަރު އުފުލާ މީހަކު ބަރެއްގެ ދަށުވެ މަރުވެއްޖެ އެވެ.
އައިއޯވާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި އުމުރުން 22 އަހަރުގެ ކައިލް ތޮމްސޮން ނަމަކަށް ކިޔާ ބަރު އުފުލާ މީހަކު މަރުވީ ބަރު އުފުލަން އުޅުމުގެ ތެރޭގައި ބަރުވެއްޓި ކަރުގައި ޖެހި ކަރު ބިނދިގެންނެވެ. އެ ބަރަކީ 315 ރާތަލުގެ ބަރެއް ކަމުގައިވެސް ލޯވާގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
މި ހާދިސާ ހިނގި ޖިމުން ބުނެފައިވަނީ ތޮމްސޮން މަރުވެފައިވަނީ މި ހާދިސާ ހިނގުމުން އޭނާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް