އަމީން ދީދީ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި

އަމީނިއްޔާ ސްކޫލުން ކޮންމެ އަހަރަކު ދެމުން އަންނަ އަމީން ދީދީ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ. މި ސްކޮލަރޝިޕަކީ ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހ...

02 Jan 2017 | 08:19

އަމީނިއްޔާ ސްކޫލުން ކޮންމެ އަހަރަކު ދެމުން އަންނަ އަމީން ދީދީ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

މި ސްކޮލަރޝިޕަކީ ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ހަނދާނުގައި އަމީނިއްޔާ ސްކޫލުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ސްކޮލަރޝިޕެކެވެ. މި ސްކޮލޮޝިޕްގެ ދަށުން ކުއްޖެއްގެ އޯލެވެލް އިމްތިހާނު ނިމެންދެން ކިޔެވުމުގެ ހުރިހާ ހަރަދެއް އަމީނިއްޔާ ސްކޫލުން ބަލަހައްޓާނެ އެވެ. އަދި އެ ދަރިވަރަކަށް ސްކޫލް ނިމެންދެން ކޮންމެ މަހަކު ޕޮކެޓް މަނީ އެއްވެސް ދެއެވެ.

މިކަމާއި ބެހޭގޮތުން އެ ސްކޫލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އިތުރު ކުރީ ޑިސެމްބަރު މަހުގެ ތެރޭގައި އެ ސްކޮލަރޝިޕަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ ކަމަށެވެ.

1995 ގެ ފަހުން ކޮންމެ އަހަރު ދެމުން އަންނަ މި އެވޯޑް ދެނީ ކޮންމެ އަހަރަކުވެސް އަތޮޅުތަކުގެ ސްކޫލުތަކުން ގްރޭޑް ހަތެއް ނިންމުމަށްފަހު ސާނަވީ ތައުލީމު ހާސިލުކުރުމަށް އަމީނިއްޔާ ސްކޫލަށް ވަންނަ ދަރިވަރުންގެ މެދުގައި ނަގާ ޓެސްޓަކުން އެއްމެ ރަނގަލު ނަތީޖާ ހޯދާ ދަރިވަރަކަށެވެ.

އެ ސްކޫލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެ އެވޯޑަށް ކުރިމަތިލުމުގެ އެއްމެ ފަހު މުއްދަތަކީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުރު 1:00 ކަމަށެވެ. އަދި ސަރުތު ހަމަވާ ކުދިންގެ ލިސްޓެއް ހަމަ އެ ދުވަހު ނޯޓިސްބޯޑުގައި ޝާއިއު ކުރާނެ ކަމަށާއި އެވޯޑަށް ކުރިމަތިލާ ދަރިވަރުންގެ މެދުގައި ނަގާ އިމްތިހާން އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ހެނދުނާއި މެންދުރުފަހުގައި ކަމަށާއި އަދި ނަތީޖާާ ދޫކުރާނީ މި މިމަހުގެ 11 ވާ ބުދަ ދުވަހު 12:00 ގައި ކަމުގައިވެސް އެ އިއުލާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް