އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ހުޅުމާލެއިން ހަތަރު މީހަކު ހައްޔަރު ކޮށްފި

އައު އަހަރާއި ދިމާކޮށް ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ ޑިސެމްބަރު މަހުގެ 31 ވަނ...

02 Jan 2017 | 07:41

އައު އަހަރާއި ދިމާކޮށް ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ބަލައިފާސްކޮށްފައިވާއިރު މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

މިމީހުންގެ ތެރެއިން 23 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެރޭ 19:40 ހާއިރު ހުޅުމާލޭގައި ހުންނަ ބްރައިޓް ބްރަދާސް ފިހާރަ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ބަލައިފާސްކޮށް އެސައިކަލް މަޑުދަށުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލް ފުޅިއެއް ފެނުމާއި ގުޅިގެންކަމުގައި ފުލުހުން ބުނެ އެ.

އަދި 24  އަހަރުގެ މީހާއާއި 28 އަހަރުގެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލޭގެ ގެސްޓް ހައުސްއަކާ ދިމާ ބީޗް ގަސްގަނޑެއްގެ ތެރެއިން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެރޭ 23:00 ހާއިރު ކަމަށާއި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެސަރަޙައްދު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅިއެއް ފެނިފައިވާކަމުގައި ފުލުހުން ބުނެ އެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގައި ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްއާ ދިމާ ގަސްގަނޑުތެރެ ބަލައިފާސްކޮށްފައވާއިރު އެ ގަސްގަނޑު ތެރެއިން ބަނގުރާފުޅިއެއް ފެނިފައިވާކަމަށާއި ފުލުހުންގެ ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ގޭބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް