ނިމިދިޔަ އަހަރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި، އިންޑިއާގެ ކުރީގެ ރައީސް އޭޕީޖީ އަބްދުލް ކަލާމް ޕުރަސްކާރް އެވޯޑާއެކު ރައީސް ޔާމީން އަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔަ އެވެ. އެއީ ތާކުންތާކު ނުޖެހޭ ފޭކު އެވޯޑެއް ކަމަށާއި އިންޑިއާގެ ނޫހަކަށްވެސް އެ އެވޯޑްގެ ހަބަރު ނާރާކަމަށްބުނެ ފާޑުކިޔުންތައް އަމާޒުވި އެވެ.
ނަމަވެސް އެ ފާޑުކިޔުންތަކަށް މިއޮތީ ޖަވާބެއް ލިބިފަ އެވެ. އިންޑިއާގެ އެއްމެ ބޮޑު އެއް ނޫސްކަމުގައިވާ ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ވާގޮތުން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި އެވޯޑް އިންތިޒާމް ކުރި ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް މިހާރު އަންނަނީ ކަލާމްގެ ހަނދާނުގައި އިންޑިއާގައި މިއުޒިއަމެއް ހުޅުވަން ތައްޔާރުވަމުންނެވެ. އަދި އެ މިއުޒިއަމް ހުޅުވާނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ބުނެފައި ވެ އެވެ.
އަދި ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިންތިޒާމް ކޮންމެ އަހަރަކު ދޭން ނިންމާފައިވާ "ކަލާމް ޕްރަޝްކާރު އެވޯޑް" ނިމިދިޔަ އަހަރު ލިބިވަޑައިގެންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށާއި މި އަހަރު "ކަލާމް ޕްރަސްކާރު އެވޯޑް" ލިބިވަޑައިގަންނަވާނެ ފަރާތެއް އިއުލާނު ކުރާނީ މިއުޒިއަމް ހުޅުވާ ރަސްމިއްޔާތުގައި ކަމުގައި އެ ޖަމިއްޔާ އާއި ހަވާލާދީ ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް