ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބިދޭސީއެއްގެ ބޯ ޗިސް ވެއްޖެ އެވެ.
އޮންލައިން ނޫހެއް ކަމުގައިވާ ވީއެފްޕީގައި ވާގޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް މަގުމަތިން ހިނގާފައިދިޔަ ބިދޭސީ އެއްގެ ގައިގާ ޖެހިގެންނެވެ.
މަންޒަރު ދުއް ބައެއް މީހުންނާ ހަވާލާދީ ވީއެފްޕީގައި ބުނެފައިވަނީ ޕިކަޕުން ޖެހުމުން ބިދޭސީ މީހާ ވިއްސައިގެން ދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.
އަދި އެ ވެހިކަލް ހުއްޓުނީ އިންދާފައި ހުރި ބޮޑު ގަހެއްގައި ޖެހިގެން ކަމުގައިވެސް ވީއެފްޕީއާއި ހަވާލާދީ ބުނެފައި ވެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 8:20 ހާއިރު ކަމަށާއި އެ ބިދޭސީ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް