އެސް7 އަށް މި މަސް ތެރޭގައި ނޯގަޓް އަޕްޑޭޓް ލިބޭނެ !

ސެމްސަންގެ ކުންފުނީގެ އެއްމެ ފަހުގެ ސްމާޓްފޯނު ނޯޓް 7 އަތަށް ގޮވިނަމަވެސް އޭގެ ކުރިން ނެރުނު އެސް 7 ފޯނު އަދިވެސް އަންނަނީ މަގްބޫލުކަން ހޯދަމުންނެވެ. އަދި އަޕްޑޭޓްސް ތައް ވެސް އަންނަނީ ގެންނަމުންނެވެ....

02 Jan 2017 | 02:40

ސެމްސަންގެ ކުންފުނީގެ އެއްމެ ފަހުގެ ސްމާޓްފޯނު ނޯޓް 7 އަތަށް ގޮވިނަމަވެސް އޭގެ ކުރިން ނެރުނު އެސް 7 ފޯނު އަދިވެސް އަންނަނީ މަގްބޫލުކަން ހޯދަމުންނެވެ. އަދި އަޕްޑޭޓްސް ތައް ވެސް އަންނަނީ ގެންނަމުންނެވެ.

އެސް 7 ލޯންޗް ކޮށްފައިވައީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް 6.0 (މަރޝްމެލޯ) އާއެކު ކަމަށްވާއިރު އަދި އޭގެ ފަހުން އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް 7.0 (ނޯގަޓް) ރިލީޒް ކޮށްފައިވާއިރު އެސް 7 ގެ ވެރިން ތިބީ އެ ފޯނުތަކަށް ނޯގަޓް އަޕްޑޭޓް ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެ އިންތިޒާރަށް މި މަސްތެރޭގައި ނިމުމެއް އަންނާނެ އެވެ.

އެސް7ގެ ބޭޓާ ޓެސްޓަރުންނަށް މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ނޯގަޓް ދޫކޮށްލާފައިވާއިރު ސެމްސަންގް އިން ވަނީ ޑިސެމްބަރު 30 ގައި އެސް7ގެ ބޭޓާ ޓެސްޓަރުންނަށް ނޯޓެއް ފޮނުވާފަ އެވެ. އެ ނޯޓްގައި ބުނެފައިވަނީ ނޯގަޓް ބޭޓާ ޕްރޮގްރާމް ނިމުނީ ކަމަށާއި އެސް7 ފޯނުތަކަށް ރަސްމީކޮށް ޖެނުއަރީ މަސް ތެރޭގައި ނޯގަޓް ދޫކޯށްލާނެ ކަމަށެވެ. ނަމަވެސް އެ އަޕްޑޭޓް ދޫކޮށްލާނެ ތާރީހް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް