އެޕަލް ގެ ޑިވައިސް ތަކުގައި ބޭނުންކުރާ އޮޕަރޭޓިންގް ސިސްޓަމްގެ 10.2 ރިލީޒް ކުރިތާ އަދި މިވީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް މިހާރު ދެކެވެމުން އަންނަ ވާހަކައަކީ އައިއޯއެސް 10.3 ރިލީޒްކުރާއިރު "ތިއޭޓަރ މޯޑް" އެ އަޕްޑޭޓްގައި ހިމެނޭނެ ވާހަކަ އެވެ.
މި ވާހަކަ ޓްވިޓަރގައި ލީކު ކޮށްލާފައިވަނީ އެޕަލްގެ އުފެއްދުންތަކުގެ ވާހަކަ އެއްމެ ގިނައިން ފެންމަތިކުރާ އެކަކު ކަމުގައިވާ ޕަރ ޑިކްސަން ނަމަކަށްކިޔާ މީހެކެވެ. އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އައިއޯއެސްގެ 10.3 މި ހިނގާ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު ޑެވެލޮޕަރުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި އެ އަޕްޑޭޓްގައި "ތިއޭޓަރ މޯޑް" ކިޔާ މޯޑެއް ހިމެނޭނެ ކަމަށެވެ. އަދި ސެޓިންގައި އެކަމަށް ހާއްސަ އައިކޮން އެއްވެސް ހިމެނޭނެ ކަމަށެވެ.
މިވާހަކަ ފެންމަތިވުމާއެކު ބައެއް ފަރާތްތަކުން ބުނެފައިވަނީ އައިއޯއެސް 10 ބޭނުންކުރާ ޑިވައިސް ތަކުގައި މިހާރުވެސް "ސައިލެންޓް މޯޑް" ހިމެނޭއިރު "ތިއޭޓަރ މޯޑެއް" އިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ ތިއޭޓަރ މޯޑްއަކީ މީގެ ކުރިން އެޕަލް އިން ތައާރަފް ކުރަން އުޅުނު "ޑާކް މޯޑްގެ" ގެ ބަދަލުގައި ގެންނަ ފީޗަރ އަކަށް ވުން ގާތް ކަމަށެވެ. ޑާކް މޯޑަކީ އެ މޯޑެއް އެކްޓިވޭޓް ކޮށްލުމުން ޑިސްޕްލޭގެ ބްރައިޓްނަސް އަށާއި އިތުރު ބައެއް ސެޓިންތަކެއް ވަކި ކަސްޓަމް ސެޓިން ތަކަކަށް ބަދަލުކުރެވޭ މޯޑެކެވެ.
ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ޑިކްސަންވެސް ބުނެފައިވަނީ ތިއޭޓަރ މޯޑަކީ ޑަރކް މޯޑްގެ އެންހޭންސްޑް ވާސަންއަކަށް ވުން ގާތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް