މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ފަޅު ރަށަކުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެމުން ދިޔަކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ހޯދަމުން ދިޔަ މީހަކު ދ.އަތޮޅުގެ ފަޅުރަށަކުން ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައ...

02 Jan 2015 | 14:16

މަސްތުވާތަކެތި ގެންގުޅެމުން ދިޔަކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ހޯދަމުން ދިޔަ މީހަކު ދ.އަތޮޅުގެ ފަޅުރަށަކުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ދ.އަލޫފުށީގައި ހުއްޓައި އެނާ ހައްޔަރު ކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން ދ.ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު އޭނާގެ އަތުގައި އޮތް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު 02 ޕެކެޓް ވަނީ ބިންމައްޗަށް ވައްޓާލި ކަމަށެވެ. އަދި މަސްތުވާތަކެތީގެ މި މައްސަލައާއި ގުޅިގެން އެނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް