އެސިސްޓަންޓް އެޓާނީ ޖޖެނެރަލްގެ މަގާމަށް ވިޝާމް ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެސިސްޓެންޓް އެޓާނީޖެނެރަލްގެ މަގާމަށް ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް އައްޔަން ކުރައްވައިފިއެވެ. އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މ...

02 Jan 2015 | 10:28

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެސިސްޓެންޓް އެޓާނީޖެނެރަލްގެ މަގާމަށް ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް އައްޔަން ކުރައްވައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މަގާމަށް ވިޝާމް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ބުރާސްތަފި ދުވަހު ކަމަށެވެ.

ވިޝާމް މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ހިއްސާ އޮންނަ "ސުއޫދު އެންޑް އަންވަރު ކޯ" ލޯފާމްގައެވެ. އޭނާ އަކީ މަދަނީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމް ކުރުމަށް ކުރިން ހަވާލުކުރި މެލޭޝިޔާގެ ނެކްސް ބިޒް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓާއި ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި އޭނާ ވަނީ ވަކާލާތު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް