އާ އަހަރާއެކު އާ ގާނޫނު ތަކެއް: މިނިކާވަގާއެކު ސެލްފީ ނެގުން މަނާ

މި ހިނގާ 2015 ވަނަ އަހަރު ފެށިގެން އަދި މިއަދަށް މިވީ ދެދުވަހެވެ. މި ދެދުވަސްތެރޭގައި އެމެރިކާގެ ތިން އަވަށެއްގައި ތަފާތު ތިން ގާނޫނަކަށް ވަނީ އަމަލުކުރަން ފަށާފައެވެ. އެގޮތުން ސޭންފްރެންސިސްކޯގައި ކު...

02 Jan 2015 | 09:19

މި ހިނގާ 2015 ވަނަ އަހަރު ފެށިގެން އަދި މިއަދަށް މިވީ ދެދުވަހެވެ. މި ދެދުވަސްތެރޭގައި އެމެރިކާގެ ތިން އަވަށެއްގައި ތަފާތު ތިން ގާނޫނަކަށް ވަނީ އަމަލުކުރަން ފަށާފައެވެ.

އެގޮތުން ސޭންފްރެންސިސްކޯގައި ކުކުޅަށް ހާއްސަކޮށް އެކުލަވާލާފައިވާ ގާނޫނަކަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ. އެ ގާނޫނުގައި ބުނެފައިވަނީ ބިސްއަޅާ ކުކުޅު ގެންގުޅޭ ކޮއްޓަކީ އެ ކުކުޅެއްގެ ދެ ފިޔަ ދަމާލެވޭ ވަރުގެ ކޮށްޓަކަށް ވާން ޖެހޭނެ ކަމަށެވެ.

ނިއުޔޯކްގައި އިއްޔެ އަމަލުކުރަން ފެށި ގާނޫނެއްގައި ބުނެފައިވަނީ މިނިކާވަގާއެކު ސެލްފީ ނެގުމަކީ މަނާކަމެއް ކަމަށެވެ. އެގޮތަށް އެކަންކުރީ "ޑޭޓިން ވެބްސައިޓް"ތަކުގައި މި ފަހަކަށް އައިސް ނިއުޔޯކްގެ ފިރިހެނުން މިނިކާވަގާއެކު ނަގާފައި ހުންނަ ސެލްފީތައް ޕްރޮފައިލް ފޮޓޯގެ ގޮތުގައި ބޭނުންކުރާތީ އެކަމަކީ ނުރައްކާތެރިކަމެއްކަމަށް އެ ސްޓޭޓްގެ ގާނޫނު ހަދާ ފަރާތްތަކުން ދެކޭތީ ކަމަށް ބުނެފައި ވެއެވެ.

ނެވާޑާގައި އަލަށް އެކުލަވާލާ އަމަލު ކުރަން ފެށި ގާނޫނެއްގައި ބުނެފައިވަނީ ކިޔަވާކުދިން ސްކޫލަށް ގަޑި ޖެހިއްޖެ ނަމަ ވެހިކަލް ދުއްވުމުގެ ލައިސަންސް ސަސްޕެންޑް ކުރެވޭނެ ކަމަށެވެ.

މި ތިން ގާނޫނަކީވެސް މި އަހަރުގެ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން އަމަލުކުރަން ފެށި ތިން ގާނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް