ޖޯޖިއާގެ ފުލުހުންގެ އިސްވެރިޔާ އޭނާގެ އަންހެނުން ގަޔަށް ބަޑިޖަހައިފި

އާ އަހަރު ފާހަގަކުރި ރޭގެ ވަގުތެއްގައި ޖޯޖިއާގެ ފުލުހުންގެ އެންމެ އިސް ވެރިޔާ އޭނާގެ އަންހެނުންގެ ގަޔަށް ބަޑި ޖަހާ ޒަހަމްކޮށްލާފައިވާކަމަށާއި އެކަމަކީ އެކްސިޑެންޓެއްކަމަށް ފުލުހުންގެ ވެރިޔާ ބުނާ ކަމަށ...

02 Jan 2015 | 03:49

އާ އަހަރު ފާހަގަކުރި ރޭގެ ވަގުތެއްގައި ޖޯޖިއާގެ ފުލުހުންގެ އެންމެ އިސް ވެރިޔާ އޭނާގެ އަންހެނުންގެ ގަޔަށް ބަޑި ޖަހާ ޒަހަމްކޮށްލާފައިވާކަމަށާއި އެކަމަކީ އެކްސިޑެންޓެއްކަމަށް ފުލުހުންގެ ވެރިޔާ ބުނާ ކަމަށް ފުލުހުން ބުނެފި އެވެ.

ޖޯޖިއާގެ ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިސްވެރިޔާ މެކްކޮލޮމް 01 ޖެނުއަރީ 2015 ވަނަ ދުވަހުގެ ފަތިހު 4:00 ހާއިރު ފުލުސް އޮފީހަށް ގުޅި ކަމަށާއި އަދި އޭނާގެ އަތުން އޭނާގެ އަނބިމީހާ ގަޔަށް ވަޒަންއެރިކަން ރިޕޯޓް ކުރި ކަމަށެވެ. އަދި އެއީ ހިނގި އެކްސިޑެންޓެއް ކަމަށްބުނެ ފުލުހުންގެ އިސްވެރިޔާ ބަޔާން ދީފައިވާކަމަށްވެސް ޖޯޖިއާގެ ފުލުހުން ބުނެއެވެ.

މެކްކޮލޮމްގެ އަންހެނުން މާގަރެޓް އަށް އެގައުމުގެ އެޓްލާންޓާ މެޑިކަލް ސެންޓަރުގައި ފަރުވާދެމުން އަންނައިރު މާގަރެޓްގެ ހާލު ސީރިއަސް ނޫން ކަމަށް އެ ސެންޓަރުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް