ފާއިތުވި އަހަރު ސޫރިޔާ ހަނގުރާމައިގާ 76 ހާސް މީހުން މަރާލާފައިވޭ: މޮނިޓަރުން

ސޫރިޔާގެ ދާހިލީ ހަނގުރާމައިގާ ފާއިތުވި އަހަރު 76 ހާސް މީހަކު މަރާލާފައިވާކަމަށް އެ ސަރަހައްދުގެ ކަންކަން ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ. އިނގިރޭސިވިލާތަށް ...

02 Jan 2015 | 03:35

ސޫރިޔާގެ ދާހިލީ ހަނގުރާމައިގާ ފާއިތުވި އަހަރު 76 ހާސް މީހަކު މަރާލާފައިވާކަމަށް އެ ސަރަހައްދުގެ ކަންކަން ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އެ ޖަމާއަތުން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރު މަރާލި މީހުންގެ ތެރޭގައި 33278 އާންމުން ހިމެނޭ ކަމަށެވެ.

2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައިގައި މިހާތަނަށް އެކު ޖުމްލަ މަރުވެފައިވާކަމަށް ބެލެވެނީ 191000 މީހުން ކަމަށް އދ އިން ބުނެއެވެ. ނަމަވެސް އެ ސަހަރައްދުގެ ކަންކަން ދިރާސާކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ބުނާގޮތުން އެ އަދަދު ދެގުނައަށްވުރެވެސް އިތުރު ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް