ތުރުކީގެ ބޮޑުވަޒީރު އޮފީހުގެ ސެކިއުރިޓީންނާ ދިމާލަށް ބޮމެއް އެއްލުމަށްފަހު ހަތިޔާރާއެކު އެ އޮފީހަށް ވަންނަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ތުރުކީގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުން އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މީހެކެވެ. އަދި ސެކިއުރިޓީންނާ ދިމާލަށް އެމީހާ އެއްލި ބޮން ގޮވާފައިނުވާ ކަމަށްވެސް ތުރުކީގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
އެގައުމުގެ ފުލުހުންގެ އިސްވެރިޔާ ބުނެފައިވަނީ ބޮޑު ވަޒީރު އޮފީހަށް ވަންނަން އުޅުނު މީހާގެ އަތުގައި ބޮމާއި ހަތިޔާރު ހުރި ކަމަށެވެ.
ތުރުކީގެ ބޮޑުވަޒީރުގެ އޮފީހަކީ އެގައުމުގެ ރައީސް އުރުދުގާންވެސް ބޭނުން ކުރަމުން އަންނަ އޮފީހެވެ. އެވަގުތު އޮފީހުގައި ރައީސް އުރުދުގާން އައި ބޮޑުވަޒީރު އަހްމެތު ދަވުތޯލޫ އުޅުނު ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް