ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގައި ފަލަސްތީނަށް ބައިވެރިކޮށްގެން ނުވާނެ: ނަތަންޔާހޫ

ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓުގައި ބައިވެރިވުމަށް ފަލަސްތީނުން އެދިފައިވާއިރު ފަލަސްތީނަކީ ވަކި ގައުމެއް ނޫން ކަމަށާއި އެ ކޯޓުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނަށް ދީގެން ނުވާނެ ކަމަށް އިޒްރޭލު...

02 Jan 2015 | 03:11

ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓުގައި ބައިވެރިވުމަށް ފަލަސްތީނުން އެދިފައިވާއިރު ފަލަސްތީނަކީ ވަކި ގައުމެއް ނޫން ކަމަށާއި އެ ކޯޓުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނަށް ދީގެން ނުވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފި އެވެ.

އެކަމާ ދެކޮޅު ހަދާ، ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނަކީ ގައުމަކަށްވެސް އަދި އަވަށަކަށްވެސް ފެތޭ ތަނެއް ނޫން ކަމަށެވެ. އަދި ފަލަސްތީނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވެސް ނަތަންޔާހޫގެ ބަޔާނުގައި ބުނެފައި ވެއެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގައި ފަލަސްތީނު ބައިވެރިވެއްޖެ ނަމަ އިޒްރޭލުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލަ އެ ކޯޓަށް ޖެއްސުމުގެ ފުރުސަތު ފަލަސްތީނަށް ލިބިގެންދާނެ އެވެ. އަދި އެކަމާ އިޒްރޭލުގެ ބޮޑުވަޒީރު ކަންބޮޑުވާކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް