ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ސާމާނާއެކު ދެ މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ ގިނަ އަދަދެއްގެ ސާމާނުތަކަކާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ...

02 Jan 2015 | 02:36

ވަގަށް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ ގިނަ އަދަދެއްގެ ސާމާނުތަކަކާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރު އަދި 32 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އަދި އެމީހުން އަތުލައިގަތީ ރޭ 6:35 ހާއިރު އެމީހުންގެ އަމަލުތައް ހުރި ގޮތުން ސައްކު ކުރެވިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ވަގަށް ނަގާފައިވާކަމަށް ތުޙުމަތު ކުރެވޭ މި ތަކެތި ފެނިފައި ވަނީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެ ދެމީހުން އަތުގައިއޮތް ދެ ކޮތަޅުގެ ތެރެއިން ކަމަށެވެ. އަދި މި ދެމީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެމީހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް