މާލޭގެ މިސްކިތެއްގައި އިނގިރޭސި ބަހުން ޚުތުބާ ކިޔުމާމެދު އިސްލާމިކް މިނިސްޓަރު އާއްމުންގެ ޚިޔާލު ހޯއްދަވަނީ !

މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ޚުތުބާ ކިޔުމާއިމެދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއްމުންގެ ޚިޔާލަށް ހުޅުވާލައްވައިފިއެވެ. އެގޮތުން މިއަދު ހުކުރަށްފަހު މިނިސްޓަރު...

01 Dec 2023 | 09:12

މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ޚުތުބާ ކިޔުމާއިމެދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއްމުންގެ ޚިޔާލަށް ހުޅުވާލައްވައިފިއެވެ.

އެގޮތުން މިއަދު ހުކުރަށްފަހު މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭއަކީ ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ ޤައުމަކަށްވެފައި އަމުދުން މާލޭ ސިޓީ ސަރަހައްދުގައި ގިނަ އަދަދަކަށް މުސްލިމު މަސައްކަތްތެރިން އުޅެމުން އަންނައިރު މާލޭ ސިޓީގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިން ޚުތުބާ ކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލު ބަލައިލަން ބޭނުންކަމަށެވެ.

"މިހެން މި ދެންނެވީ މަސައްކަތްތެރިންގެ ސްލޫކާއި އަޚްލާޤު އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހަކުން އިއްވޭ ޚުތުބާގެ ދައުރު މުހިންމުކަމަށް ފެންނާތީ" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރުގެ އެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެއީ ހަމައެކަނި ޚިޔާލެއް ހޯދާލުމު މަޤްޞަދުގައި ކުރެއްވި ޕޯސްޓެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް