އުރީދޫ އިން ޕަރޕަލް ލޭން އާއި ޕަރޓްނާވެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް

އުރީދޫ މޯލްޑިވްސް އިން ދިވެހި އުފެއްދުމެއްކަމަށް ވާ ޕާޕަލްލޭން އެޕް - ލޯޔަލްޓީ ރިވޯރޑް ޕްލެޓްފޯމާއި ޕަރޓްނަރވެ އެ ޕްލެޓްފޯމް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑާއި އެ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ޕާޕ...

01 Dec 2022 | 16:43

އުރީދޫ މޯލްޑިވްސް އިން ދިވެހި އުފެއްދުމެއްކަމަށް ވާ ޕާޕަލްލޭން އެޕް - ލޯޔަލްޓީ ރިވޯރޑް ޕްލެޓްފޯމާއި ޕަރޓްނަރވެ އެ ޕްލެޓްފޯމް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑާއި އެ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ޕާޕަލް ލޭން އެޕް މެދުވެރިކޮށް އެފައިދާތައް ހޯދުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފިއެވެ.

ސީހައުސް މޯލްޑިވްސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑާ އެވެ. މި ޕާޓްނާޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު އަދި ކްލަބް ޕްރިމިއަރ ޕާޓްނަރުންނާއި އެ ފަރާތްތަކުން ލިބޭ ހާއްސަ ޑިސްކައުންޓްތަކާއި އޮފަރތައް ޕާޕަލްލޭން އެޕުން ބަލައިލެވޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫ ޕްލެޓްފޯމްތަކުގެ އިތުރުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ޕާޕަލް ލޭނާއެކު މިވެވުނު ޕަރޓްނަރޝިޕަކީ މި ޙިދުމަތް އިތުރަށް ފުޅާވެގެންދާނެކަމެއް ކަމަށާއި  ޕާޕަލް ލޭން އަކީ ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކުން ވިޔަފާރި ކޮށްލުމުން ކަސްޓަމަރުންނަށް ރިވާޑް ދޭ ފުރަތަމަ ދިވެހި ޕްލެޓްފޯމް ކަމަށް ވުމުން އުރީދޫގެ އުއްމީދަކީ މި ޕްލެޓފޯމްވެސް އިތުރަށް ކުރިއަރާ ފުޅާވެގެން ދިޔުން ކަމަށެވެ.

"މި ޕަރޓްނަޝިޕާއެކު ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ލިބިގެންދާ ހާއްސަ އޮފާތަކާއި އިނާޔަތްތައް އިތުރުކޮށް ޕާޓްނަރުންގެ ޕޯޓްފޯލިއޯ ފުޅާކުރުމަށް ޕާޕަލް ލޭން އާއި އެކު މަސައްކަތްކުރެވިގެންދާނެ." ނިޔާޒް ވިދާޅުވިއެވެ.

ޕާޕަލް ލޭންގެ ކޯ ފައުންޑަރ އުމަރު ފިކްރީ ވިދާޅުވީ އުރީދޫ މޯލްޑިވްސްއާ އެކު މި ވެވުނު ޕަރޓްނަރޝިޕާއެކު އިތުރު ފުރުޞަތުތަށް އެ ޕްލެޓްފޯމަށް ހުޅުވިގެންދާނެ ކަމަށާއި އުރީދޫ ކްލަބް ޕްރިމިއަރ މެންބަރުންނަށް މިހާރު އެ ޕްލެޓްފޯމްގެ ޕާޓްނަރުންގެ ވިޔަފާރިތަކުން ހާއްސަ އޮފަރތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ޕްލެޓްފޯމްގެ ޕާޓްނަރުންނަށް އަދި ކަސްޓަމަރުންނަށްވެސް އެ ޕްލެޓްފޯމްގެ ލޯޔަލްޓީ ޕްލެޓްފޯމް ބޭނުންކޮށްގެން މުޢާމަލާތުކޮށް، އެ ދެފަރާތައްވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފަހިވެގެންދާނެކަމުގައިވެސް ވިދާޅުވިއެވެ.

"ވޯކް-އިން ކަސްޓަމަރުން ރެގުލަރ ކަސްޓަމަރުންނަށް ބަދަލުކުރުމުން ފެށިގެން، އަޅުގަނޑުމެންގެ ފަސޭހަ ރިވާޑްސް ޕްލެޓްފޯމް މެދުވެރިކޮށް، ވިޔަފާރިތަކަށް އެބޭފުޅުންގެ އަމިއްލަ ލޯޔަލްޓީ ކާޑު ޕާޕަލް ލޭން ޕްލެޓްފޯމް މެދުވެރިކޮށް ދައްކާލެވޭނެ." ޕާޕަލްލޭން އެޕްގެ ކޯ ފައުންޑަރ އުމަރު ފިކްރީވިދާޅުވިއެވެެ.

ޕާޕަލްލޭން އެޕްލިކޭޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިއަށް ރިވާޑްސް އަދި ވިޔަފާރިތަކުގެ ލޯޔަލްޓީ ޕްރޮގްރާމާ ކާޑުތައް ފަސޭހަކަމާއެކު އެއްތަނަކުން ދައްކުވައިދޭ ޕްލެޓްފޯމެކެވެ. ޕާޕަލްލޭން މެދުވެރިކޮށް ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ގިފްޓް ކާޑު ދޫކުރުމާއި، ކަސްޓަމަރުންގެ މެދުގައި ޕޮއިންޓް ޓްރާންސްފާ ކުރުމާއި، ކޫޕަން ދިނުމުގެ އިތުރުން އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ އޮފަރތައް އިޝްތިހާރު ކުރުމުގެ ވަސީލަތްތައް ފޯރުކޮށްދެ އެވެ.  ޕާޓްނަރ ވިޔަފާރިތަކުން ކަސްޓަމައިޒްޑް ރިވޯރޑްސް ޕްރޮގްރާމް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭއިރު، ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް މިހާރު ހިންގަމުން އަންނަ ޕްރޮގްރާމްތައް ވަގުތުން އެޕަށް އިންޓަގްރޭޓް ކުރެވޭނެއެވެ. ވިޔަފާރިތަކުން ތައާރަފް ކުރާ މިފަދަ ޕްރޮގްރާމްތަކުގެ ޝަރުތުތަކަށް ބެލުމަށްފަހު ޕޮއިންޓްތައް ކަސްޓަމަރުންނަށް ރިޑީމް ކުރެވޭނެ އެވެ.

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20% އާއި ހަމައަށް ޑިސްކައުންޓް ލިބެއެވެ. މީގެ އިތުރުން ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ ކްލަބް ޕްރިމިއާގެ ހިދުމަތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް https://www.ooredoo.mv/postpaid/club-premier ޒިޔާރަތްކުރައްވާށެވެ.

ޕާޕަލްލޭން އެޕް ޑައުންލޯޑް ކުރުމަށް: https://purplelane.app/get އަދި ވެބްސައިޓް އަށް ޒިޔާރާތްކުރުމަށް: https://purplelane.app

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް