ވޯލްޑްކަޕް މެޗެއް ބައްލަވާލައްވަން ރައީސް ގަތަރަށް ވަޑައިގެންނަވަނީ

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މެޗެއް ބައްލަވާލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. އިސްލާމީ ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަ؛ް މުބާރާތް ގަތަރު...

01 Dec 2022 | 16:23

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މެޗެއް ބައްލަވާލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

އިސްލާމީ ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަ؛ް މުބާރާތް ގަތަރުގައި ކުރިޔަށް ދަނީ މިދިޔަ މަހުގެ20 މިމަހުގެ18 އަށެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ގަތަރުގެ އަމީރު ދައުވަތު ދެއްވާފައިވާ ކަމަށެވެ. އެ ދަތުރުފުޅުގައި ފުރާވަޑައިގެންނަވާ ދުވަހެއް ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނާވީ ފައިނަލް ނުވަތަ ސެމީފައިނަލްގެ މެޗަކަށް ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ވޯލްޑް ކަޕްގެ މުބާރާތް ފެށުމާ ގުޅިގެން ރައީސް ފޮނުއްވި ތަހުނިޔާގައި ވިދާޅުވީ މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާތީ އުފާފުޅު ކުރައްވާ ކަމަށާއި އެ މުބާރާތް ބޭއްވުމުގައި ގަތަރަށް ކުރިމަތިވި ގޮންޖެހުންތަކާއި ހިކުމަތްތެރިކަމާ އެކު ކުރިމަތިލީތަން ފެނުމުން ހިތްވަރު ލިބޭ ކަމަށެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ގަތަރުގެ ކުންފުންޏެއް ކަމަށްވާ އުރީދޫންވެސް ވަނީ ވޯލްޑް ކަޕުގެ މެޗެއް ބައްލާލެއްވުމަށް ގަތަރަށް ވަޑައިގަތުމަށް ރައީސަށް ކުރިން ދައުވަތު ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް