50 ރުފިޔާގެ އާ ނޫޓު ބޭނުން ކުރަން ފަށައިފި އެވެ.
އެމްއެމްއޭއިން ބުނީ އަލަށް ޗާޕު ކުރި 50 ރުފިޔާގެ ނޫޓު މިއަދުން ފެށިގެން ދައުރު ކުރަން ފަށާފައިވާ ކަމަށެވެ. މި ނޫޓާއި އެކު މިހާރު ބޭނުން ކުރާ 50 ރުފިޔާގެ ނޫޓުވެސް ބޭނުން ކުރެވޭނެ ކަމަށް މައުލޫމާތުދެ އެވެ.
އަލަށް ނެރުނު ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެ އެވެ. މިއީ އެ ނިޝާން ޖަހައިގެން ނެރުނު ފުރަތަމަ ނޫޓެވެ.
ދިވެހި ފައިސާގެ ނިޝާންގައި ތާނަ އަކުރު “ރ” ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެ އެވެ. މި ނިޝާން ތައާރަފް ކުރީ މިދިޔަ ޖުލައި މަހު އެވެ.
މި ނޫޓުގައި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވާތްފަރާތުގެ މަތީގައިވާ މޫނުމަތީގެ އަގާއެކުއެވެ. އަދި ނޫޓުގެ ފަހަތުގެ ކަނާތް ފަރާތުން މަތީގައިވާ މޫނުމަތީގެ އަގާއެކުއެވެ.
ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ. ނޫޓުގައިވާ ތާރީޚަކީ 08 ސެޕްޓެންބަރު 2022، 12 ޞަފަރު 1444އެވެ.
ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ފައިސާގެ ނޫޓުތަކުގެ ބަދަލުގައި އާ ނޫޓުތަކެއް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް