މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ދުރު ފެންނަ ވަރު ދަށްވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.
އިއްޔެއިން ފެށިގެން މާލެ ސަރަހައްދުގައި ދުރު ފެންނަވަރު ވަނީ ވަރަށް ބޮޑަށް ދަށް ވެފައިއެވެ. އަދި މިއަދު އެއަށްވުރެ ދަށްކަން ފާހަގަ ކުރެވެ އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރެއަށް ދުރުފެންނަ މިންވަރު ދަށްވެ، ވައި ނުސާފުވާނެ ކަމަށެވެ. މިކަން ޑިސެމްބަރު މަހުން ފެށިގެން މާޗް މަހާއި ދެމެދު ދިމާވާނެ ކަމަށް މައުލޫމާތުދެ އެވެ.
ޖައްވު ނުސާފުވެފައިވާ ސަބަބު ކަމަށް މެޓުން ބުނީ ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން އަންނަ މުންދާތީ އެވެ. ރާއްޖެ ސަރަހައްދަށް ހިރަފުހާއި ދުން ފޯރަމުން ދަނީ ބޭ އޮފް ބެންގަލް ހުރަސްކޮށް ކަމަށް ބުނެ އެވެ.
މިދިޔަ އަހަރުވެސް ރާއްޖެ ސަރަހައްދުގައި ވަރަށް ބޮޑަށް ވައި ނުސާފުވެ، ދުރުފެންނަވަރުދަށްވި އެވެ. އެފަހަރު މެޓުން ބުނީ އެއީ އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގައި ޖައްވު ނުސާފުވުމުގެ އަސަރު ކުރީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް