މާލޭގެ މަގުމަތީގައި ބަރަހަނާ ހާލުގައި އަންހެނަކު !

މާލޭގެ މަގުމަތީގައި އަންހެނަކު ބަރަހަނާ ހާލުގައި އުޅޭ މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. އެ ވީޑިއޯ ފެނުނު ބައެއް ފަރާތްތަކުން ދުވަހަށް މައުލޫމާތުދެމުން ބުނީ އެ ވީޑި...

01 Dec 2022 | 07:11

މާލޭގެ މަގުމަތީގައި އަންހެނަކު ބަރަހަނާ ހާލުގައި އުޅޭ މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

އެ ވީޑިއޯ ފެނުނު ބައެއް ފަރާތްތަކުން ދުވަހަށް މައުލޫމާތުދެމުން ބުނީ އެ ވީޑިއޯއިން ފެންނަނީ ކަނބާއައިސަރަނިހިނގުމުން މަޖީދީމަގާވީދިމާއަށް އަންހެނަކު ބަރަހަނާ ހާލުގައި ހުރެ ހިނގާފައިދާ މަންޒަރެވެ. އަދި ކަންމައްޗަކަށް ހުއްޓި ކޮންމެވެސް އެއްޗެކޭ ކިޔާ މަންޒަރުވެސް ވީޑިއޯއިން ފެންނަކަމުގައި އެ ވީޑިއޯ ދުށް މީހުން ބުނެއެވެ.

މި ވީޑިއޯއަކީ އިއްޔެ ހެނދުނު 7:00 އާއި ހެނދުނު 08:00 އާއި ދެމެދުގެ ވަގުތެއްގައި ނަގާފައިވާ ވީޑިއޯއެއްކަމުގައި ބެލެވޭކަމަށްވެސް ވީޑިއޯ ދުށް މީހުން ބުންޏެވެ. އަދި އެ ވީޑިއޯއިން ފެންނަނީ ދިވެއްސެއް ކަމާއިމެދު ޝައްކު ކަމަށާއި ބޮޑަށް ބެލެވޭގޮތުގައި އެއީ އެފްރިކާ ބައްރުގެ ގައުމަކަށް ނިސްބަތްވާ އަންހެނެއްކަމުގައި ފެންނަ ފެނުމަށް ބެލެވޭކަމުގައިވެސް ވީޑިއޯ ދުށް މީހުން ބުނެއެވެ.

މިކަމުގައި ދިވެހި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް