އެކި މައްސަލަތަކުގައި ޝަރީއަތުން ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ފައިސާ ނުދައްކާ މީހުންގެ މައްސަލަތަށް ކޯޓަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީ އޮފީހުން ބުނީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ޙުކުމާ އެއްގޮތަށް ނުދައްކާ މީހުން އެބަތިބި ކަމަށެވެ. އެ އޮފީހުން ދަނީ އެފަދަ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދައި، ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.
މިފަދަ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު, ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް ފަނޑިޔާރަށް ކަނޑައެޅޭނެކަންވެސް ޕީޖީ އޮފީހުން ބުނެ އެވެ.
މިގޮތަށް އަމަލު ކުރަން ފަށަން ނިންމީ ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައި, ޙުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެކަމަށް ބަޔާންކޮށްފައިވާތީ އެވެ.
މިރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމާއަށް 2.1 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް