ޝާހްރުކްގެ ކުރިޔަށް އޮތް ފިލްމުގެ ބައެއް ސައުދީގައި، ޝޫޓިން ނިންމާލައިފި

ޝާހްރުކް ހާންގެ ކުރިޔަށް އޮތް ފިލްމުތަކުގެ ތެރެއިން "ޑަންކީ" ގެ ބައެއް ސައުދީ އަރަބިއްޔާގައި ޝޫޓް ކޮށްފި އެވެ. މި ފިލްމަކީ ގާނޫނާއި ހިލާފަށް ހިޖުރަ ކުރުމާއި ގުޅޭގޮތުން ތައްޔާރު ކުރާ ފިލްމެކެވެ. މި ފިލ...

01 Dec 2022 | 05:44

ޝާހްރުކް ހާންގެ ކުރިޔަށް އޮތް ފިލްމުތަކުގެ ތެރެއިން "ޑަންކީ" ގެ ބައެއް ސައުދީ އަރަބިއްޔާގައި ޝޫޓް ކޮށްފި އެވެ.

މި ފިލްމަކީ ގާނޫނާއި ހިލާފަށް ހިޖުރަ ކުރުމާއި ގުޅޭގޮތުން ތައްޔާރު ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތަކެއް ސައުދީގެ އިތުރުން އިނގިރޭސިވިލާތާއި، އެމެރިކާ އަދި ކެނެޑާ އާއި ޔޫއޭއީގައިވެސް ނަގާނެ އެވެ.

ސައުދީ ޝޫޓިން ނިންމާލުމަށް ފަހު ޝާހްރުކް ވަނީ އެ ގައުމުގައި ކުރެވުނު މަސައްކަތާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ބުނެފައި އެވެ. އޭނާ ވަނީ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ސައުދީގެ މިނިސްޓްރީ އޮފް ކަލްޗާއިން ފޯރުކޮށްދިން އެހީތެރި ކަމަށް ޝުކުރު އަދާކޮށްފައި އެވެ.

އޭނާ އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯގައި ހުރީ ފިލްމު ޝޫޓިން ކުރިޔަށް ދިޔަ ސަރަހައްދުގައި އެވެ.

https://www.instagram.com/p/ClltlpwIcRm/

މި ފިލްމުގައި ޝާހްރުކާއި އެކު ލީޑްރޯލުން ފެނިގެންދާނީ ތާޕްސީ ޕަންނޫ އެވެ. އިތުރު ތަރިންގެ ތެރޭގައި ވިކީ ކައުޝަލްވެސް ހިމެނެ އެވެ.

މި ފިލްމުގެ އިތުރުން ޝަހްރުކް ހާންގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭހގައި "ޕަތާން" ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް