ވޯލްޑުކަޕުން އިރާނު ކެޓުމުން އެ ގައުމުގައި އުފާފާޅު ކުރަނީ!

ގަތަރުގައި ކުރިޔަށްދާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުްނ ކަޓައި އީރާން މުބާރާތާއި އަލްވަދާއު ކިޔަން ޖެހުމުން އެ ގައުމުގައި އުފާފާޅު ކުރަމުން އެބަދެ އެވެ. އުފާ ފާޅު ކުރަމުން ދަނީ އެ ގައުމު...

01 Dec 2022 | 05:03

ގަތަރުގައި ކުރިޔަށްދާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުްނ ކަޓައި އީރާން މުބާރާތާއި އަލްވަދާއު ކިޔަން ޖެހުމުން އެ ގައުމުގައި އުފާފާޅު ކުރަމުން އެބަދެ އެވެ.

އުފާ ފާޅު ކުރަމުން ދަނީ އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް މީގެ ދެމަހެއްހާ ދުވަސް ކުރިން ފެށިގެން މުޒާހަރާ ކުރަމުންދާ މީހުންނެވެ. އެ މުޒާހަރާތައް ފެށުނީ އިސްލާމީ ރިވެތި އުސޫލުތަށް އުވާލައި، ބުރުގާނާޅާ އުޅުމުގެ ހުއްދަ ނުދީގެންނެވެ.

މުޒާހަރާތަކުގެ އަސްލަކީ ފެޝަން ބުރުގާ އަޅައިގެން ވެރިރަށް ތެހެރާންގެ އާންމު ތަނެއްގައި އުޅުނު މަހްސާ އަމީނީ ކިޔާ22 އަހަރުގެ އަންހެނަކު ހައްޔަރު ކުރި ފަހުން މަރުވުމުންނެވެ. އޭނާ މަރުވީ ހައްޔަރު ކުރިތާ ދެ ގަޑިއިރު ނުވަނީސް ޝޮކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް، ދެ ދުވަސް ފަހުންނެވެ. މުޒާހަރާ ކުރާ މީހުން ބުނަމުންދަނީ މަހްސާ މަރުވީ ފުލުހުން ދިން އަނިޔާތަކުގެ ސަބަބުން ކަމަށެވެ.

އާންމުކޮށް ވޯލްޑްކަޕްފަދަ ޝަރަފުވެރި މުބާރާތަކުން ގައުމީ ޓީމު ކެޓުމުން އާންމުން ހިތާމަ ފާޅު ކުރިޔަސް އީރާންގައި މުޒާހަރާ ކުރާ މީހުން ބުނަމުންދަނީ އީރާން ގައުމި ޓީމަށް ލިބުނު ނާކާމިޔާބަކީ އެމީހުންނަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. ޓީމު ބަލިވުމުން އެ ގައުމުގެ އެކި ސިޓީތަކުގެ މަގުތަކުގައި މުޒާހަރާގެ ބައިވެރިން ދަނީ އުފާފާޅު ކުރަމުންނެވެ.

އެގޮތުން މިއުޒިކާއި އެކު ނަށައި، ކާރުތަކުގެ ބަރުގޮނުގެ އަޑުން މުޅި މަގުތައް ވަނީ ގުގުމާލާފައި އެވެ. މީގެ އިތުރުން ވޯލްޑްކަޕް ބަލަން ދިޔަ މީހުންގެ ތެރެއިންވެސް މުޒާހަރާއަށް ސަޕޯޓު ކުރާ މީހުން ވަނީ އެކަން ދަނޑުގައިވެސް ދައްކާފައި އެވެ.

މީގެ އިތުރުން މުޒާހަރާ ކުރާ މީހުން ބުނަމުން ދަނީ ގައުމީ ޓީމު އެމީހުންނަށް ގައްދާރުވެފައިވާ ކަމަށެވެ. އެއީ މުޒާހަރާތަކަށް ތާއީދު ކުރާކަން ހާމަ ކުރުމުގެ ގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެއްވެސް ކުޅުންތެރިއަކު ގައުމީން ސަލާމް ނުކިޔާ ތިބުމަށް ފަހު ފަހުން ކުޅުނު ދެ މެޗުގައި ހުރިހާ ކުޅުން ތެރިން ގައުމީ ލަވަކިޔާފައިވާތީ އެވެ.

އީރާން ޓީމުގެ ކުޅުންތެރިން ބުނެފައިވާގޮތުގައި ފުރަތަމަ ދުވަހު ގައުމީ ސަލާމް ނުކީ މުޒާހަރާ ކުރަމުންދާ މީހުންނާއި އެކު ތިބިކަން ދައްކައިދިނުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް