ސްވައިޕް ވޮލެޓުން ފައިސާ ދައްކައިގެން 25،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި

01 Nov 2026 | 17:13
ފޮޓޯ: ބީއެމްއެލް

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް(ގެ ސްވައިޕް ވޮލެޓް މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

"ސްވައިޕް ސްޕެންޑް ވިން" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހާ ހަމައަށެވެ. ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓަކުން ސްވައިޕް ބޭނުންކޮށްގެން އެއް ފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު މުޢާމަލާތެއް ކުރާ ކޮންމެ ކަސްޓަމަރަކަށް ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ފަސް ނަސީބުވެރިން ހޮވައި، ކޮންމެ މީހަކަށް 1,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ޖުމްލަ 20 ފަރާތަކަށް ހަފުތާ ގުރުއަތުން އިނާމު ލިބޭނެއެވެ.

ޕްރޮމޯޝަން ނިމުމުން ހޮވާ ގްރޭންޑް ޕްރައިޒް ނަސީބުވެރިޔާއަށް 25,000 ރުފިޔާ ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ހަފުތާ ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގައާއި ގްރޭންޑް ޕްރައިޒް ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ޕްރޮމޯޝަނާ ބެހޭ ތަފްސީލީ މަޢުލޫމާތާއި ބައިވެރިވާ މާޗަންޓުންގެ ލިސްޓު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް