އިޓަލީގެ ތިންވަނައަށް އެންމެ ބާރު ބޮޑު އެއާޕޯޓު އެެއް މަހަށް ބަންދުކޮށްފި

01 Nov 2026 | 08:28
އިޓަލީގެ ނޭޕަލްސް ކެޕޯޑީކީނޯ އެއާޕޯޓު --

އިޓަލީގެ ނޭޕަލްސް ކެޕޯޑީކީނޯ އެއާޕޯޓު --

އިޓަލީގެ ނޭޕަލްސް ކެޕޯޑީކީނޯ އެއާޕޯޓު މިއަދުން ފެށިގެން ޢެއް މަސްދުވަހަށް ބަންދުކޮށް ދަތުރުތައް މެދުކަނޑާލައިފި އެވެ.

އެ ޢެއާޕޯަޓަކީ އެ ގައުމުގެ ތިން ވަނައަށް ޢެންމެ ބާރު ބޮޑު އެއާޕޯޓެވެ. އެއާޕޯޓު ބަންދުކުރަން ނިންމީ އެ އެއާޕޯތު ތަރައްގީ ކުރުމަށް ޙިންގާ ބިޔަ މަޝްރޫއުގެ ދަށުންނެވެ.

މިއީ 30 މިލިއަން ޔޫރޯގެ ރަންވޭ މާރާމާތު މަޝްރޫޢެއްގެ ބައެކެވެ. ޜަންވޭގެ ޢިތުރުން އެއާޕޯޓު ތަރައްގީގެ މުޅި މަޝްރޫއުއަށް 250 މިލިއަން ޔޫރޯ ޙަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.

ނޮވެމްބަރު މަހު ބަންދުކުރަން ނިންމީ އެ މަހަކީ އެ އެއާޕޯޓަށް އެންމެ މީހުން މަދު ދުވަސްވަރު ކަމަށްވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރައިއަންއެއާ، އީޒީޖެޓް، ވިޒް އެއާ ފަދަ އަގުހެޔޮ އެއާލައިންތައް ހިމެނޭ ގޮތުން ގިނަ އެއާލައިންތަކެއް އޮޕަރޭޓުކުރާ މި އެއާޕޯޓު ބޭނުންކުރާ ފަސެންޖަރުންގެ ޢަދަދު މިހާރު ގާތްގަނޑަކަށް 13 މިލިއަނަށް އަރައެވެ. މި ޢަދަދު 2035 ވަނަ އަހަރާ ހަމައަށް 17.3 މިލިއަނަށް އިތުރު ކުރުމަކީ އަމާޒެވެ.

އެއާޕޯޓު ބަންދުކޮށްފައި އޮންނަ މުއްދަތުގައި ނޭޕަލްސްއަށް ދަތުރުކުރާ ފަސެންޖަރުން ބޭނުންކުރާނީ ސެލާނޯ ޕޮންޓެކެންޔާނޯ އެއާޕޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް