ޖޫސްޕެޓީ ކޮތަޅެއްގައި ސ. މީދޫއަށް ޑްރަގް އެތެރެ ކުރަން އުޅުނު ޒުވާނަކު ހައްޔަރު ކޮށްފި

01 Nov 2026 | 08:14
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

މާލެއިން ފުރައިގެން މީދޫއަށް ދަތުރުކުރަމުންދާ ބޯޓެއްގައި މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ސ. މީދޫ އިން މީހަކު ޙައްޔަރުކޮށްފި ޢެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ ސ. މީދޫ / އިރާކް، ޢަބްދުﷲ ޝައުނު 19 އަހަރު ކަމަށެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މީދޫ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެވެ.

އޭނާ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޢަބްދުﷲ ޝައުނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް