މިރޭ ބަޑީގެ އަޑު އިވިދާނެ: އެމްއެންޑީއެފް

މިރޭގެ ފަރިތަކުރުންތަކުގެ ތެރެއިން ބަޑީގެ އަޑު އިވިދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން މިހެން ބުނެފައިވަނީ އާންމުންގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުންނެވެ. އެގޮތުން ބުނެ...

01 Nov 2025 | 14:27
މިނިވަން 60 ޕެރޭޑުގެ ތެރެއިން - ފައިލް ފޮޓޯ: ދުވަސް

މިނިވަން 60 ޕެރޭޑުގެ ތެރެއިން - ފައިލް ފޮޓޯ: ދުވަސް

މިރޭގެ ފަރިތަކުރުންތަކުގެ ތެރެއިން ބަޑީގެ އަޑު

އިވިދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން މިހެން ބުނެފައިވަނީ އާންމުންގެ

ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުންނެވެ.

އެގޮތުން ބުނެފައިވަނީ މިރޭ ކުރިއަށްގެންދަން ހަމަޖެހިފައިވާ

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުންތަކުގެ

ތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15އާއި 22:00އާ ދެމެދު ބްލޭންކްސް ފަޔަރކުރާނެ

ވާހަކަ ސަމާލުކަމަށް ޓަކައި ދަންނަވާކަމަށެވެ.

ބްލޭންކްސް ފަޔަރ ކުރުމަކީ ބަޑީގައި އަސްލު ވަޒަން

ނެތި ކާޓްރިޖް ލޯޑު ކުރުމަށްފަހު ބަޑި ޖަހާ ޖެހުމެވެ. އަސްލު ބަޑި ޖެހުމެކޭ

އެއްފަދަ އަޑެއް ހުންނޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް