މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯ އެއް -
ފިރިހެން ދަރިވަރުންތަކަކަށް އޮރިޔާން ކާޑު
ދައްކައި ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
މީޑީއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ
އެ މައްސަލައަކީ ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ރަށެއްގައި ހިނގި
ކަމެއް ކަމަށާއި އެފަދަ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ހުށަހެޅުނު ކަމަށެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ
އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައިގާ އޭނާގެ ހައްޔަރާއިމެދު
ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާކަމަށްވެސް
ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް