ސިޔާސީ 248 މުވައްޒަފުން މަދުކުރެވިއްޖެ: ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ، ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން 248 މުވައްޒަފުން މަދުކުރެވިއްޖެކަން ހާމަކޮށްފިއެވެ. މިކަން ހާމަކުރައްވައި ސަރުކާރުގެ ތަރުޖަމ...

01 Nov 2024 | 18:15

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ، ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން 248 މުވައްޒަފުން މަދުކުރެވިއްޖެކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެފައިވަނީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިހާތަނަށް (31 އޮކްޓޯބަރ 2024 ގެ ނިޔަލަށް) 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާކަމަށެވެ.

"ހަމައެއާއެކު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ، ކުރުންތެރިކަން އިތުރުކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް، ޤާއިމްކުރުމަށް ކެބިނެޓުން މިހާރުވަނީ ނިންމާފައި، މި ނިޒާމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ" ހީނާ ވަލީދު ވިދާޅުވެފައިވެއެވެ.

އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން 228 ސިޔާސީ މަގާމެއް މަދުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ނިމިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް