ގެއެއްގައި ރޯވެ އަނދާ ހުލި

ކުޅުދުއްފުށި ސިޓީގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެފައިވާކަމަށް ކުޅުދުއްފުށި އޮންލައިން (ކޭއޯ) އިން ރިޕޯޓުކޮށްފިއެވެ. އެނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި މިރޭ ގާތްގަނޑަކަށް 21:00 ހާއިރު މި ހިނގި މ...

01 Nov 2024 | 17:50

ކުޅުދުއްފުށި ސިޓީގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެފައިވާކަމަށް ކުޅުދުއްފުށި އޮންލައިން (ކޭއޯ) އިން ރިޕޯޓުކޮށްފިއެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި މިރޭ ގާތްގަނޑަކަށް 21:00 ހާއިރު މި ހިނގި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެ އެވެ. އެހެންނަމަވެސް އަލިފާން ރޯވި 'ސަމޭދާނު' ގެ ވަނީ އެއްކޮށް އަނދައި ހުލިވެފައިކަމަށާއި އެ ގެޔަކީ ފިލާ ބޭނުންކޮށްގެން ހަދާފައިވާ ގެއެއްކަމަށް ރިޕޯޓުކޮށްފައިވެއެވެ.

"މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޭގައި އުޅެނީ ދެ ފިރިހެނުން، އަލިފާން ރޯވި ވަގުތު ގޭގައި އެއްވެސް މީހަކު ނޫޅޭކަމަށް މައުލޫމާތު ލިބޭ، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލީ ސިފައިން، އަލިފާންގަނޑު އެއްކޮށް ނިވާލެވުނީ ގާތްގަނޑަށް 22:00 އެހާއިރު" ކޭއޯގައި ރިޕޯޓްކޮށްފައިވެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާ ހަވާލާދީ އެ ނޫހުގައި އިތުރަށް ރިޕޯޓްކޮށްފައިވާގޮތުގައި މިހާދިސާގައި ހާލުގައި ޖެހުނު ދެ މީހުންނަށް ވަގުތީ ހިޔާ ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް