އެމްޓީސީސީ އިން "ކަށަވަރު ޕްރޮމޯ" މިއަދު އިފްތިތާޙު ކޮށްފި

ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވުނު ހާއްސަ ހަފްލާއެއްގައި "ކަށަވަރު ޕްރޮމޯ 2023" ވަނީ އިފްތިތާޙު ކުރެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. މި ޕްރޮމޯޝަން އިފްތިތާޙުކުރުމުގެ ގޮތުން މިއަދު ކަށަވަރު ޝ...

01 Nov 2023 | 13:15

ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވުނު ހާއްސަ ހަފްލާއެއްގައި "ކަށަވަރު ޕްރޮމޯ 2023" ވަނީ އިފްތިތާޙު ކުރެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މި ޕްރޮމޯޝަން އިފްތިތާޙުކުރުމުގެ ގޮތުން މިއަދު ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޑިސްމބަރ މަހުގެ 31 ގެ ނިޔަލަށް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މިއަދު އިފްތިތާޙު ކުރެވުނު ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް އެމްޓީސީސީ އިން ފާހަގަކޮށްލައެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި ސްޓަރން އައިޓަމްސްއާއި، ސްކޮޓް ބޭޑަރ ރެސިން އާއި، ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއި، ޔަންމާ ޖެންސެޓްސްއާއި، ސްޕެއާރ ޕާރޓްސްއާއި، އެކްސަސަރީޒްއާއި، އިންޑަސްޓްރިއަލް ގޭހާއި، މެރޯލް އަދި ލުބްރިކަންޓްސްއެވެ. މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަަށް އެ ކުންފުނިން ހާމަކުރައްވައެވެ.

އަދި، ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175  ހޯސްޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ބުންޏެވެ.

"ކަށަވަރު ޕްރޮމޯ 2023" އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ބައެއް ރަށްރަށާއި ސަރަޙައްދު ތަކުގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި މި ތަންތަނަށް ޒިޔާރަތް ކުރުން ހިމެނެއެވެ. އެގޮތުން އެ ތަންތަނަކީ:

  • މާލޭ ބަނދަރު ސަރަޙައްދު
  • ހުޅުމާލޭ ބަނދަރު ސަރަޙައްދު
  • ތިލަފުށީ ޑޮކްޔާރޑް އަދި ސައިޓް
  • ރ. އަލިފުށި
  • ރ. ވާދޫ
  • ތ. ހިރިލަންދޫ
  • ތ. ތިމަރަފުށި
  • ތ. ދިޔަމިގިލި
  • ދ. ކުޑަހުވަދޫ
  • ކ. މާފުށި
  • ކ. ގުޅި
  • ޏ. ފުވައްމުލަށް

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް