ކުރީގެ ރައީސް ޔާމީންގެ ބަންދަށް މިހާރު ދީފައިވާ މާލޭ ބަންދު ލުއީގެ އިގުރާރާ ހިލާފުވާތީ ކަރެކްޝަންސް އިން އެމަނިކުފާނަށް އިންޒާރު ދީފިއެވެ.
މިކަން ހާމަކުރައްވައި އަދަދު ނޫހަށް މައުލޫމާތުދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ހަރަކާތް ހިންގުން ނުހިމެނޭ ކަމަށެވެ.
ކަރެކްޝަންސް އިން މިހެން ބުނެފައިވާއިރު މާލޭ ބަންދަށް ލުއި ލިބުނު ދުވަސް ނޫން އަނެއްދުވަހު ރައީސް ޔާމީން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ. އަދި ޖެހިގެން އައި ރޭ ޕީޕީއެމް އޮފީހުގައި ޖަލްސާއެއް ބާއްވައި އެ ޖަލްސާގައި ވާހަކަފުޅުވެސް ދެއްކެވިއެވެ. އަދި ޖަލްސާއަށްފަހު ނޫސްވެރިންގެ ބައެއް ސުވާލުތަކަށްވެސް ޖަވާބުދެއްވިއެވެ.
އަދަދަށް ކޮމިޝަނަރ އޮފް ކަރެކްޝަންސް ވިދާޅުވެފައިވަނީ އެކަންކަން ތަކުރާރު ނުކުރެއްވުމަށް މިހާރު އިންޒާރު ފޮނުއްވާފައިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް