އިފްސާ "ތަކާފުލް ވިންޑޯ/ޔުނިޓް އޮފް އިޔަރ" ގޯލްޑް އެވޯޑް މިފަހަރުވެސް އަޔާދީއަށް

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ޙާޞިލްކޮށްފިއެވެ. 26 އޮކްޓޫބަރު 2023ގައި ބޭއްވި އިފްސާ (IFFSA) އެވޯޑު ޙަފުލާގައި އަޔާ...

01 Nov 2023 | 10:48

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ޙާޞިލްކޮށްފިއެވެ.

26 އޮކްޓޫބަރު 2023ގައި ބޭއްވި އިފްސާ (IFFSA) އެވޯޑު ޙަފުލާގައި އަޔާދީ ތަކާފުލްއިން ވަނީ "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔަރ" ކެޓަގަރީއިން ގޯލްޑް އެވޯޑް، ޙާޞިލުކޮށްފައެވެ. އަދި މިއީ އަޔާދީ ތަކާފުލްއިން މި އެވޯޑެ ވިދިވިދިގެން އަޔާދީން ޙާޞިލުކުރި ފަސް ވަނަ ފަހަރެވެ.

ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ (IFFSA) އެވޯޑް ހަފުލާއަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް  ފައިނޭންސް ދާއިރާ ފުޅާކޮށް، ޚިދުމަތްދިނުމުގައި މުޖްތަމަޢުއަށް ފައިދާ ކުރުވަނިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.

އިފްސާ (IFFSA) އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލްއިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑު ހާސިލުކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، "ހައްޖު އަދި އުމްރާ ތަކާފުލް" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔަރ"  އާއި 2021 ވަނަ އަހަރު "އަހަރެންގެ ހިޔާ" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔަރ" ސިލްވަރ އެވޯޑު އަދި އޭގެ އިތުރުން 2018، 2019، 2020، 2021 އަދި 2022 ވަނަ އަހަރު "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔަރ" އިން ލިބިފައިވާ ގޯލްޑް އެވޯޑު ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް