އެއްބަސްވުމާއި އެއްގޮތަށް ހާލުދެރަ ބަލި މީހުންނާއި ބިދޭސީންނަށް ރަފާ ބޯޑަރު ހުޅުވާލައިފިއެވެ.
އެގޮތުން ހުޅުވާލާފައިމިވަނީ ޣައްޒާގައި މިވަގުތު ތިބި އެހެން ގައުމުތަކަށް ނިސްބަތްވާ ބިދޭސީންނާއި ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ ތެރެއިން 81 މީހަކަށެވެ.
ރަފާ ބޯޑަރަކީ މިސްރާއި ޣައްޒާއާއި ދެމެދުގައިވާ ބޯޑަރެވެ. ރޭގައި މިސްރުން އެއްބަސްވެފައިވަނީ ބިދޭސީންނާއި ސިއްހީ އެހީ ބޭނުންވާ 81 މީހަކު ބޯޑަރު ހުރަސްކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި ހަމަ އެހެންމެ އެ 81 މީހުންނަށް މިސްރުގެ ހޮސްޕިޓަލުތަކުގައި ފަރުވާ ދިނުމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިހާރު ރަފާ ބޯޑަރު އެ ފަރާތްތަކަށް ހުޅުވާލާފައިވާއިރު އަދި ކޮންމެ ކޮންމެ މީހަކަށް އެ ބޯޑަރު ހުރަހެއް ނުކުރެވޭނެއެވެ. ހުރަސް ކުރެވޭނީ އެހެން ގައުމަކަށް ނިސްބަތްވާ ކަމުގެ ޕާސްޕޯޓު އޮތުމާއި އަދި އެއްބަސްވެފައިވާ 81 މީހުންނަށެވެ. އެކަން ބެލުމަށް ޗެކް ޕޮއިންޓްތައް ގާއިމްކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފުރަތަމަ ފަހަރަށް މިފަދަ ގޮތަކަށްވެސް ރަފާ ބޯޑަރު ހުޅުވާލާފައިވާއިރު މިއީ މަސްރަހަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ލުޔެއް ކަމަށްވެސް މަސްރަހު ދިރާސާކުރާ އެނަލިސްޓުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް