ޣައްޒާއަށް ވަދެގަތުމަށް އިޒްރޭލު ސިފައިން ކުރަމުން އަންނަ މަސައްކަތުގައި ހަމާސްގެ ހަނގުރާމަވެރިންނާއި ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި އިޒްރޭލު ސިފައިންގެ އިތުރު 9 މީހަކު މަރާލައިފިއެވެ.
މިކަން އިޒްރޭލުގެ އަސްކަރިއްޔާއިން ޔަގީންކޮށްދީފައިވެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އިތުރު 09 މީހަކު މަރުވީ ސިފައިންގެ ޓޭންކަކަށް ހަމާސް އިން ދިން ހަމަލާއެއްގައި ކަމަށާއި އެ ހަމަލާގައި ސިފައިންގެ އިތުރު 4 މީހަކު ޒަޚަމްވެސް ވެފައިވާކަމަށެވެ. އަދި އެކެއްގެ ހާލު ސީރިއަސް ކަމަށްވެސް ބުނެފައިވެއެވެ.
މިއާއެކު އިއްޔެއާއި މިއަދުގެ ކުރިމަތިލުންތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް