ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދުވެސް އެ މަޖިލީހަށް ސަލާމް ފޮނުއްވުމުން މިއަދު ބާއްވަން ތާވަލުކުރި ޖަލްސާވެސް ކެންސަލް ކޮށްފިއެވެ.
މިއަދުވެސް އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ މައްސަލައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް ކުރިއަށްދާއިރު ރިޔާސަތުގައި އިންނަވަން ޖެހެނީ ނައިބު ރައީސެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އުޅުއްވަނީ ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައެވެ. މި އާލާސްކަންފުޅުގައި އާދީއްތަ އަދި ހޯމަ ދުވަހުވެސް ސަލާމް ފޮނުއްވުމުން މި ގަރާރު ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ މެޖޯރިޓީ ޕާޓީ، އެމްޑީޕީއިން އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕްގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ގަރާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް