ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް މިވަގުތު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯ އިން މިފަދައިން ބުނެފައިވަނީ، އެ ކުންފުނިން ދެމުންގެންދާ މޮބައިލް އެޕްލިކޭޝަނާއި އީޕޭ މެދުވެރިކޮށް ކަރަންޓު ބިލު ދެއްކުމުގެ ޚިދުމަތްތަށް މިއަދު ބޭނުން ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވުމުންނެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނާއި، އީޕޭ މެދުވެރިކޮށް ބިލް ދެއްކުމުގައި ބައެއް ކަސްޓަމަރުންނަށް ދަތިކަމެއް ދިމާވާކަން ފާހަގަ ކުރެވި، އެ ކަންތައް ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ޚިދުމަތް ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް ވެސް އެދިފައެވެ.
ކަރަންޓު ބިލު ދެއްކޭނެ މޮބައިލް އެޕްލިކޭޝަނެއް ސްޓެލްކޯއިން އެންމެ ފުރަތަމަ ތައާރަފްކުރީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 11ވަނަ ދުވަހުގައެވެ. މިއީ ކިޔުގައި ނުޖެހި ކަސްޓަމަރުންނަށް ކަރަންޓު ބިލު ދެއްކޭނެ ގޮތް ހެދުމަށްޓަކައި އެ ކުންފުނިން ދޭން ފެށި ޚިދުމަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް