މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ދާ ޖަޕާނުގެ ފައިނަލް ސްކޮޑް އިއުލާން ކޮށްފިއެވެ.
ސައްބީސް ކުޅުންތެރިންގެ ސްކޮޑަކާ އެކު މިއަދު ސްކޮޑް އިއުލާން ކުރިއިރު އެ ސްކޮޑުން ޖާގަ ގެއްލުނީ އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މޮޅުކުޅުމެއް ދެއްކި ޖަރުމަނުގެ ޔޫނިއަން ބާލިންގެ މިޑްފީލްޑަރު ޖެންކީ ހަރަގުޗީ އާއި ވިސެލް ކޮބޭގެ ފޯވާޑް ޔޫޔޯ އޮސާކޯއަށެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި ސްކޮޑުގައި ހިމަނާފައިވަނީ ސެލްޓިކްގެ ފޯވާޑް ޑައިޒެން މީޑާ އާއި ސެކުލް ބުރޫޖްގެ ފޯވާޑް އަޔާސީ އުއިޑާއެވެ.
ޖަޕާންގެ 26 ކުޅުންތެރިންގެ ސްކޮޑް
ގޯލު ކީޕަރުން: ޑެނިއަލް ސްކިމިޓް( ސިންޓް-ޓްރޫޑެން)، ސުއިޗީ ގޮންޑާ(ޝިމިޒޫ އެސްޕަލްސް)، ކަވަޝިމާ (ސްޓްރޫސްބާގް).
ޑިފެންޑަރުން: މިކީ ޔަމާނޭ (ކަވަސާކީ ފްރޮންޓޭލް)، ހޮރޯކީ ސަކާއި (އުރާވާ ރެޑްސް)، މަޔާ ޔޮޝިޑާ (ޝާލްކޭ)، ޓަކެހީރޯ ޓޮމިޔާސޫ(އާސެނަލް) ޝޯގޯ ޓަނިގުޗީ(ކަވަސާކީ ފްރޮންޓޭލް)، ކޯ އިޓަކޫރާ (ބޮރޫޝިއާ މޮންޗެންގްބަޗް)، ހިރޯކީ އިޓޯ(ސްޓުގާޓް)، ޔޫޓޯ ނަގަމޯޓޯ (އެފްސީ ޓޯކިޔޯ)، ޔޫޓާ ނަކަޔާމާ ( ހަޑަސްފީލްޑް).
މިޑްފީލްޑަރުން: ވަޓަރޫ އެންޑޯ(ސްޓުގާޓް)، ހިޑެމަސާ މޮރީޓާ(ސްޕޯޓިން ސީޕީ)، އައޯ ޓަނާކާ (ފޯޓުނާ ޑޫސެލްޑޯފް)، ގަކޫ ޝިބަސާކީ(ލިގަނީސް)، ކައޯރޫ މިޓޮމާ(ބްރައިޓަން)، ޑައިޗީ ކަމާޑާ (އެއިންޓްރެކްޓް ފްރެންކްފަޓް)، ރިޓްސޫ ޑޮއާން (ގްރެއިބާގް)، ޖުންޔާ އިޓޯ (ރެއިމްސް)، ޓަކޫމީ މިނަމީނޯ (މޮނާކޯ)، ޓަކެފޫސާ ކޫބޯ (ރެއާލް ސޮސިއެދާދް)، ޔުކީ ސޯމާ (ނަގޯޔާ ގްރެމްޕަސް).
ފޯވާޑުން: ޑެއިޒެން މައިޑާ ( ސެލްޓިކް)، ޓަކޫމާ އެސާނޯ (ބޮޗުމް)، އަޔާސޭ އުއިޑާ (ސެކުލް ބްރޫޖް).
މިހާތަނަށް އަދި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިފައިނުވާ ޖަޕާން މި ފަހަރު ލައްވާލީ ސްޕެއިން އާއި ޖަރުމަން އަދި ކޮސްޓަރީކާ އެކު ގުރޫޕް އީގައެވެ.
މި މަހު 20 ގައި ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ މެޗުގައި މިމަހުގެ 23 ވަަނަ ދުވަހު ޖަޕާން ނިކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް