ރައީސް ނަޝީދުގެ ތައުރީފު ޒިޔާއަށް: އެއީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ކުރިއަށް އިސްނެންގެވި އެއް ބޭފުޅާ

އައްބާސް އިބްރާހިމްގެ ދަރިކަލުން އަހުމަދު ޒިޔާ އައްބާސަކީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ކުރިއަށް އިސްނެންގެވި އެއް ބޭފުޅާ ކަމުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަ...

01 Nov 2022 | 17:21

އައްބާސް އިބްރާހިމްގެ ދަރިކަލުން އަހުމަދު ޒިޔާ އައްބާސަކީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ކުރިއަށް އިސްނެންގެވި އެއް ބޭފުޅާ ކަމުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޒިޔާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ. ޒިޔާ ނިޔާވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޒިޔާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ފެށި ދަތުރުގައި އެންމެ ކުރިއަށް އިސްނެންނެވި އެއް ޒުވާނާ ކަމަށެވެ.

"އަދި މިނިވަން ރޭޑިއޯ ފެށިގެން އޭރު ކުރެވުނު މަސައްކަތުގައި ޒިޔާ ވަނީ ވަރަށް ހީވާގި ކަމާއިއެކު މަސައްކަތް ކުރައްވާފަ.މާތް ރަސްކަލާންގެ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާ އައިލާއަށް ކެތްތެރިކަން ދެއްވާށި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޒިޔާ އައްބާސްއަކީ ލަވައާއި މިޔުޒިކީ ދާއިރާގައި ވެސް ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި އާއިލާގެ އެހެން ބައެއް ބޭފުޅުން ޖަލަށްލުމުން، ޒިޔާ ވަނީ އެއިރު އިންސާފު ހޯދުމަށް މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާ ތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް