ރައްޔިތުންގެ ޝަކުވާ އަޑުއެއްސެވުމަށް ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ ޝަކުވާތައް އަޑު އެއްސެވުމަށް ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެކަން ހާމަކޮށްފިއެވެ. ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެކަން ހާމަކުރެއްވީ ޕްރޮ...

01 Nov 2022 | 16:23

ރައްޔިތުންގެ ޝަކުވާތައް އަޑު އެއްސެވުމަށް ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެކަން ހާމަކޮށްފިއެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެކަން ހާމަކުރެއްވީ ޕްރޮގްރެސިވް ކޯލީޝަންގެ ތަރުޖަމާނު ހީނާ ވަލީދެވެ.

ހީނާ މިއަދު ވިދާޅުވީ މި ހިނގާ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުން ނުވަވަނަ ދުވަހަށް ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަނަންވާނެކަމަށެވެ.

މި ދަތުރުފުޅަކީ ރައްޔިތުންގެ ޝަކުވާ އަޑު އައްސަވާ، ރައީސް ޔާމީންގެ ތަސައްވުރު ހިއްސާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމުގައި ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ މި ހިނގާ ނޮވެމްބަރުގައި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި ގދ. އަތޮޅަށްވެސް ވަޑައިގަންނަވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް