ފޮޓޯ: އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" ފެށުން

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" 2022 މިއަދު ފަށައިފިއެވެ. އެމްޓީސީސީ ކަށަވަރު ޝޯ ރޫމްގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮމޯ ފައްޓަވާ ދެއްވީ އެކުންފުނީގެ ސީއޯއޯ، ޝާހިދު ހުސެއިން މޫސާއެވެ. މި ޕްރޮމޯ ކުރިޔަ...

01 Nov 2022 | 14:14

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" 2022 މިއަދު ފަށައިފިއެވެ.

އެމްޓީސީސީ ކަށަވަރު ޝޯ ރޫމްގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮމޯ ފައްޓަވާ ދެއްވީ އެކުންފުނީގެ ސީއޯއޯ، ޝާހިދު ހުސެއިން މޫސާއެވެ. މި ޕްރޮމޯ ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު31 ގެ ނިޔަލަށެވެ.

އޮޑި ފޯނިފަހަރަށް ބޭނުންވާ ސާމާނުތަކުން ބޮޑެތި ޑިސްކައުންޓްތަކާއި ހަފްތާއަކު ސުޒުކީ އައުޓްބޯޑު އިންޖީނެއް ލިބޭނެ އެވެ. އަދި މުޅި ޕްރޮމޯގެ ގުރުއަތުން ގޮވޭ ފަރާތަކަށް ޔަންމާ 35 ހޯސްޕަވަރުގެ 2 ލައްކަ ރުފިޔާގެ އަގުހުރި އިންބޯޑު އިންޖީނެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ މި މުއްދަތުގައި ކުރާ ކޮންމެ5،000 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ހިންގާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މާލޭގެ ބަނދަރު މަތީގައި އަޅާފައިވާ އޮޑި ދޯނި ފަހަރަށް އެކުންފުނީގެ މުވައްޒަފުން ޒިޔާރާތްކޮށް ޕްރޮމޯގެ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް