އެމްއާރްއެމް އިން މާދަމާ ރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފި

މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިން މާދަމާ ރޭ ޝީ ބިލްޑިންގްގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާ، އެހެން ދުވަހަކަށް ފަސްކޮށްފިއެވެ. އެމް.އާރް.އެމ...

01 Nov 2022 | 12:17

މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިން މާދަމާ ރޭ ޝީ ބިލްޑިންގްގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާ، އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.

އެމް.އާރް.އެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ރައީސް އަޙްމަދު ފާރިސް މައުމޫންގެ އާއިލީ ބޭފުޅަކު މިއަދު ނިޔާވުމާ ގުޅިގެން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހުނު ނަސްރުގެ ދުވަހުގެ ޖަލްސާ، އެހެން ދުވަހަކަށް ފަސް ކުރެވިފައިވާ ކަމަށެވެ.

ޝީ ބިލްޑިންގުގައި ބޭއްވުމަށް ކުރިން ހަމަޖެހުނު އެ ޖަލްސާ ދެން ބާއްވާނެ ދުވަހެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

މާތް ﷲ އެ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް