ޗާރޫ ބަނޑުބޮޑުއިރު ފިރިމީހާ އެހެން އަންހެނެއް ކައިރިއަށް ދިޔަ ކަމަށް ބުނެފި!

އިންޑިއާގެ މަޝްހޫރު ޓިވީ އެކްޓްރެސް ޗާރޫ އަސޯޕާގެ ދަރިފުޅަށް ބަލިވެ އިނދެގެން އުޅުނު އިރު ފިރިމީހާ ރާޖީވް ސެން އެހެން އަންހެނެއްގެ ކައިރިޔަށް ދިޔަ ކަމަށް ބުނެފި އެވެ. މި ދެ ތަރިން ކައިވެނި ކުރީ 2019 ވ...

01 Nov 2022 | 08:40

އިންޑިއާގެ މަޝްހޫރު ޓިވީ އެކްޓްރެސް ޗާރޫ އަސޯޕާގެ ދަރިފުޅަށް ބަލިވެ އިނދެގެން އުޅުނު އިރު ފިރިމީހާ ރާޖީވް ސެން އެހެން އަންހެނެއްގެ ކައިރިޔަށް ދިޔަ ކަމަށް ބުނެފި އެވެ.

މި ދެ ތަރިން ކައިވެނި ކުރީ 2019 ވަނަ އަހަރު އެވެ. ދެމީހުންނާއި ގުޅޭ ވާހަކަތައް އިންޑިއާ މީޑިއާގެ ފަލަ ސުރުހީތަކަށް އަރަމުންދަނީ ދެމީހުންނަށް ނޫޅެވޭނެ ކަމަށް ނިންމައި ވަރިވާކަން އިއުލާނު ކުރުމާއި ހިސާބުންނެވެ.

ޗާރޫ މީޑިއާގައި ބުނީ ރާޖީވް އަކީ ވަރަށް ގޯސް މީހެއްކަމަށާއި އޭނާ ދެން ދުވަހަކުވެސް ރާޖީވްއަށް އިތުބާރު ނުކުރާނެ ކަމަށެވެ. ކައިވެނި ކުރުމުގެ ކުރިން ދެމީހުން ރައްޓެހިވެގެން އުޅުނު އިރުވެސް ރާޖީވްގެ މާބޮޑު އަޅާލުމެއް ނުލިބޭކަން ފާހަގަކޮށް ޗާރޫ ބުނީ ކައިވެންޏަކާއި ހިސާބަށް ދިޔައީ އޭނާ ދައްކާ ވާހަކަތައް ގަބޫލުކޮށް ރާޖީވް ދެކެ މާބޮޑަށް ލޯބިވާތީ ކަމަށެވެ.

އެކަމާއި މިހާރު ހިތާމަ ކުރާކަމަށް ބުނެ ޗާރޫ ބުނީ އޭނާ ބަލިވެއިނދެގެން އުޅުން އިރު ރާޖީވް އުޅުނީ އެހެން އަންހެނަކާއި ހިތާވެގެން ކަމަށެވެ. އަދި އޭނާ ކައިރީ ނުބުނެ އެ އަންހެންމީހާ އާއި ބައްދަލު ކުރަން ދިއްލީއަށްވެސް ދިޔަ ކަމަށެވެ.

އެ ދަތުރުގެ ވާހަކަ މީޑިއާއަށްވެސް އެރިކަމަށް ޗާރޫ ބުންޏެވެ. ޗާރޫ ބުނީ ބަނޑުޮޑުވުމުން އޭނާ މައިންބަފައިން ކައިރިޔަށް ދިޔަ ކަމަށެވެ. ރާޖީވްގެ އުޅުމަށް ބަދަލު އައިސްފައިވާކަން އެނގުނީ އެ ދަތުރަށް ފަހު މުމްބާއީއަށް ދިއުމުން ގޭގައި ނުހުންނަން ވެގެން ހެނދުނު އިރު އަރާއިރަށް ޖިމަށް ދާ މީހާ ނާންނާތީ ކަމަށެވެ.

ޗާރޫ އާއި ރާޖީވް ވަރިވާން ނިންމިކަން އިއުލާނު ކުރި މިއީ ދެވަނަ ފަހަރެވެ. އެމީހުން ފުރަތަމަ ވަރިވާން ނިންމީ ދަރިފުޅު ވިހޭތަނާ ކައިރީގައެވެ. އެކަމަކު ދެމީހުން ސުލްހަވެ ވަރިނުވާގޮތަށް ނިންމީ ދަރިފުޅަށްޓަކައެވެ.

ޗާރޫ މީޑިއާގައި ބުނީ ރާޖީވް އޭނާއަށް އަނިޔާކޮށް ޝައްކު ކުރާ ކަމަށެވެ. އެގޮތުން ޑްރާމާ ސިލްސިލާތަކުގައި އޭނާ އާއި އެކު މަސައްކަތް ކުރާ ފިރިހެން ތަރިންނަށް ގުޅައި ޗާރޫ އާއި މާ ގާތް ނުވުމަށް އިންޒާރު ދީފައިވާ ކަމަށް ބުންޏެވެ.

އެ ދެމަފިރިންނަށް ލިބިފައިވާ އަންހެން ދަރިފުޅަށް ކިޔަނީ ޒަޔާނާ ޒެން އެވެ. އެ ކުއްޖާއަށް އަދި11 މަހެވެ.

ޗާރޫ މަޝްހޫރުވި ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި “މޭރީ އަންގްނޭ މޭ” އަދި “ޖީޖީ މާ” ފަދަ ސީރީޒްތައް ހިމެނެ އެވެ.

ރާޖީވް އަކީ ސުޝްމިތާ ސެންގެ ކޮއްކޮ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް