ބޮލީވުޑްގައި އެންމެ ލޯބި ޖޯޑުންގެ ތެރޭގައި ހިމެނޭ ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފްގެ ލޯބީގެ ވާހަކައަކީ ވަރަށް ގިނަ ބަޔަކު އެނގެން ބޭނުންވާ ވާހަކަތަކެކެވެ.
ދެމީހުން ކައިވެނި ކުރީ ތިން އަހަރު ރައްޓެވިގެން އުޅުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ކައިވެންޏާއި ޖެހެންދެންވެސް ދެމީހުންގެ ގުޅުމަށް އެއްބަސްވެފައި ނުވާތީ އެމީހުން ލޯބީގެ މާގިނަ ވާހަކަތަކެއް މީހުންނަށް އަދި މީޑިއާއަށް ނޭނގެ އެވެ.
ކެޓްރީނާގެ ކުރިޔަށް އޮތް ފިލްމު "ފޯނު ބޫތު"ގެ ޕްރޮމޯޝަންގެ ތެރެއިން އޭނާ ދަނީ ވިކީ އާއި ފިރިމީހާގެ އާއިލާ އާއި ގުޅޭ ގިނަ ވާހަކަތަކެއް ހާމަކޮށް ގިނަ ބައެއްގެ ލޯބި ހޯދަމުންނެވެ. އެންމެ ފަހުން ދިން އިންޓަވިއުގައި ކެޓްރީނާ ވަނީ ވިކީ އާއި ދެމީހުންގެ މިޒާޖާއި ގުޅޭގޮތުން ވާހަކަ ދައްކާފައި އެވެ.
ކެޓްރީނާ ބުނީ ވިކީ އަކީ ވަރަށް ރަނގަޅު އަދި އޭނާ ދެކެ ވަރަށް ލޯބިވާ ފިރިއެއް ކަމަށެވެ. އެކަމަކު އޭނާ ވަރަށް ފޫހިވާ އަދި އުޅެން ވަރަށް އުނދަގޫ ސިފައިން ވިކީ ގައިގައި ހުންނަ ކަމަށާއި އެއީ ގޮތް ދޫނުކުރުން ކަމަށް ކެޓްރީނާ ބުންޏެވެ.
އެހެން މީހުންނެކޭ އެއްގޮތަށް ކެޓްރީނާވެސް ލޯބިވާ ފިރިމީހާއަށްޓަކައި އެކަންކަން ތަހައްމަލް ކުރާނެ ކަމަށް ބުނެފައިވެ އެވެ. ކެޓްރީނާ ބުނީ ކައިވެނިން އޭނާއަށް ދަސްވި އެންމެ މުހިންމު ކަމަކީ އެހެން މީހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން ކަމަށެވެ.
ކެޓްރީނާގެ "ފޯނު ބޫތް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ފިލްމުގައި އޭނާ އަކީ ޖިންނި އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް