ކޮންމެ ދުވަހަކު ނޫޑްސްލް ކާންދޭތީ ރުޅިގަފަވެ އަންހެނުން ވަރިކޮށްލައިފި

ކޮންމެ ދުވަހަކު ތިން އިރު ކެއުމަށް މެގީ ނޫޑްސްލް ކައްކާތީ ރުޅިގަދަވެ ފިރިމީހާ އޭނާގެ އަންހެނުން ވަރިކޮށްލައިފިއެވެ. އިންޑިއާގެ ނޫހެއް ކަމުގައިވާ ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވަނީ އިންޑި...

01 Nov 2022 | 06:13

ކޮންމެ ދުވަހަކު ތިން އިރު ކެއުމަށް މެގީ ނޫޑްސްލް ކައްކާތީ ރުޅިގަދަވެ ފިރިމީހާ އޭނާގެ އަންހެނުން ވަރިކޮށްލައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވަނީ އިންޑިއާއަށް ނިސްބަތް ވާ މި ފިރިހެން މީހާ އޭނާގެ އަންހެނުން ވަރިކޮށްލާފައިވަނީ ތިންއިރު ކެއުމަށް ނޫޑްސް ނުކެއްކުމަށް އެތައްފަހަރަކު ތަކުރާރުކޮށް އިންޒާރުވެސް ދިނުމަށް ފަހުގައެވެ. އެ އަންހެން މީހާ އޭނާގެ ފިރިމީހާއަށް ހެނދުގެ ނާސްތާއަށްވެސް އަދި މެންދުރުގެ މެއުމަށް ވެސް އަދި ހަވީރުގެ ސަޔާއި ރޭގަނޑުގެ ކެއުމަށް ވެސް ކައްކާ ކާންދެނީ ނޫޑްސްކަމަށްވެއެވެ.

މި މައްސަލަ މިހާރު އިންޑިއާގެ ކޯޓަކަށްވެސް ވައްދާފައިވާއިރު، މި މައްސަލާގެ ތަޙުޤީޤު ދަނީ ކުރިޔަށެވެ. މި މައްސަލަ ބަލަމުން ގެންދަނީ އިންޑިއާގެ ބައްލާރީގެ ޑިސްޓްރިކްޓްގެ ރަޣުނާތް ނަމަކަށް ކިޔާ ވަކީލެކެވެ. އޭނާ އިންޑިއާގެ ނޫހަކަށް މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ބުނެފައިވަނީ މައްސަލަ ކުރިޔަށް ގެންދިއުމުގައި ދަތިތަކެއް، އެބަ ހުރިކަމަށާއި އެގޮތުން ދެ މީހަކު އައިސް ވަރީގެ މައްސަލައެއް ފައިލް ކޮށްފައިވާއިރު، އޭގެން އެއްވެސް މީހެއްގެ ނަމެއް އަދި އެޑްރެސްއެއްވެސް އެނެގްން ނެތްކަމަށެވެ.

ނަމަވެސް ހުށައަޅާފައިވަނީ މެގީ ބްރޭންސްޑުގެ ނޫޑްސް އާންމުކޮށް އަންހެން މީހާ އޭގެ ފިރިމީހާއަށް ދާންދޭ މައްސަލައެއް ކަން އެނގެން އޮތްކަމަށެވެ. ވަކީލް ވިދާޅުވީ މައްސަލަ އެނގެން އޮތް ނަމަވެސް މައްސަލާގައި ކުރިޔަށް ދެވެން އޮތީ އެ ދެމަފިރިންގެ މަޢުލޫމާތުވެސް އެނގިގެންކަމަށެވެ.

ވަކީލް ވިދާޅުވީ އެ ދެމަފިރިން ކައިވެންޏަށް ވީ އެންމެ އަހަރެއް ކަމަށާއި އެ މުޅި އަހަރު ދުވަހު އެއްކޮށް ފިރިމީހާއަށް އޭނާގެ އަންހެނުން ކާންދީފައިވަނީ މެގީ ނޫޑްލްސް ކަމަށް މައްސަ ރިޕޯޓުން އެނގެން އޮތް ކަމަށެވެ. އަދި މި މައްސަލާގައި ފިރިމީހާ އޭނާގެ އަންހެނުން ވަރިކުރީ އެ އަންހެން މީހާގެވެސް ރުހުމުގައި ކަމަށް ބުނެފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް މެނޭޖްމަންޓް، ޓެކްނޮލޮޖީ، އެންޑް ސޯޝަލް ސައިންސަސް އިން 2018 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އިންޑިއާގައި ވަރީގެ ނިސްބަތަކީ 11 އިން ސައްތަ އެވެ. އިންޑިއާގައި ވަރިވުމުގެ ނިސްބަތް ދަށް ނަމަވެސް، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރި ގިނަވެފައިވާ ކަމަށް ވަކީލް ރަޣުނާތު ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް