މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމެއްގެ ގޮތުން ދިރޭ ކުކުޅެއް ދީފި

އެފްރިކާ ގައުމެއް ކަމުގައިވާ މަލާވީ ޕްރިމިއާ ޑިވިސަންގެ ކުލަބް ނިޔާސާ ބިގް ބުލެޓްސް އާއި ކަރޮންގާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަސަން ކަޖޯކޭ އަށް އިނާމެއްގެ ގޮތުން ދިރޭ ...

01 Nov 2022 | 04:53

އެފްރިކާ ގައުމެއް ކަމުގައިވާ މަލާވީ ޕްރިމިއާ ޑިވިސަންގެ ކުލަބް ނިޔާސާ ބިގް ބުލެޓްސް އާއި ކަރޮންގާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަސަން ކަޖޯކޭ އަށް އިނާމެއްގެ ގޮތުން ދިރޭ ކުކުޅެއް ދީފިއެވެ.

ހަސަން ކަޖޯކޭ އަށް ދިން މި އިނާމަކީ އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ހަދިޔާކުރި އިނާމެކެވެ. މި އިނާމު އޭނާއަށް ދީފައިވަނީ ވެސް ސަޕޯޓަރެއްގެ އަތުންނެވެ.

ނިޔާސާ ބިގް ބުލެޓްސް ގެ ސަޕޯޓަރުންގެ ފަރާތުން މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ އިނާމެއްގެ ގޮތުން ދިރޭ ކުކުޅެއް ހަދިޔާކުރިއިރު، މި ކުކުޅުވަނީ ކުލަބުގެ ރަސްމީ ކުލަ (މަޑުރަތް) ކުލައިން ކުލަޖައްސާ ކަރުދާސް ފޮށިގަނދަކަށް ލާ ބަންދުވެސް ކޮށްފައެވެ.

އެފްރީކާގެ މަލާވީ ޕްރިމިއަ ޑިވިސަންގައި ހިމެނޭ ކަރޮންގާ ޔުނައިޓެޑް އަތުން  ބިގް ބުލެޓްސް މޮޅުވީ 0-5 އިންނެވެ. މި މެޗުގައި ކަޖޯކީ ވަނީ މޮޅު ކުޅުމެއް ދައްކާ ދެ ގޯލުވެސް ޖަހައިދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ދިރޭ ކުކުޅެއް ދިނުމުން ޚުދު ކަޖޯކޭ އަށް ވެސް ލިބުނީ ހައިރާންކަމެކެވެ.

މިއީ އެފްރިކާގެ ގައުމުތަކުގައި ވަރަށް އާންމުކޮށް ކުރާ ކަމެއް ކަމަށްވެއެވެ. މިފަދަ އާދަޔާއި ޚިލާފު ތަފާތު އިނާމުތަކެއް ކުޅުންތެރިންނަށް ސަޕޯތަރުންގެ ފަރާތުން ހަދިޔާކުރާކަމަށް ވެއެވެ. މީގެ ކުރިން ދިރޭ ގެރިޔާއި ބުޅާފަދަ ތަކެތިވެސް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހަދިޔާކޮށްފައިވާ ކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް