އާއިލާއަށް ފިލައިގެން އުޅޭ 17 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެރޭ 00:20 ހާއިރު އާއިލާއަށް ފިލާފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ހޯދަމުންދަނީ މއ. އާހިޔާވިލާ، އާމިނަތު ޔާމިނާ (17އ) ކަމަށެވެ.
އާމިނަތު ޔާމިނާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3331510 ނުވަތަ 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް