އަހަރު ނިމެން ގާތްވެފައިވާއިރު ބައިނަލްއަގްވާމީ ފްރެންޗައިސް ބްރޭންޑެއް ކަމުގައިވާ އޭސް ހާރޑްވެއަރ ވެގެން ގޮސްފައިވަނީ ކޮންމެ މަހަކުވެސް ހާއްސަ ޕްރޮމޯޝަނެއް ގެނެސްދޭ ތަނަކަށެވެ. މި ހާއްސަ ކަން ކޮންމެ މަހަކު ގެނެސްދެނީ އޭސް ހާޑްވެއަރއަކީ ކަސްޓަމަރުންނަށް ހާއްސަ ސަމާލުކަމެއްދޭ ތަނަކަށް ވާތީ ކަމުގައި އޭސް ހާރޑްވެއާ އިން ހާމަކުރެ އެވެ.
އޭސް ހާރޑްވެއާއިން މައުލޫމާތުދޭގޮތުގައި މި ނޮވެމްބަރު މަހުގެ ޕްރޮމޯޝަން ހާއްސަ ކޮށްލާފައިވަނީ ކުޑަކުދިންނަށެވެ.
"މި މަހަކީ 2017 ތަޢްލީމީ އަހަރު ނިމި ރިޕޯޓު ކާޑު ލިބި އަހަރީ ބޮޑު ބަންދު ފެށޭ މަސް، ވީމާ މިމަހު މިއަޅުވާ ސޭލް އަކީ ކުޑަކުދިން ކުޅޭ ސާމާނު އަދި ދަތުރު ދާއިރު ގެންދަން މަޖާ އަދި ބޭނުންތެރި ތަކެތީގައި، މި ސޭލް ގައި %50 އަށްވުރެ މައްޗަށް ޑިސްކައުންޓު އެޅުވިފައި ހުންނާނެ" އޭސް ހާރޑްވެއާއިން ބުނެ އެވެ.
އޭސް ހާރޑްއެވަރ އަދި ހޯމްސެންޓަރުގައި ވަރަށް ތަފާތު މޮޅު ބްރޭންޑް ތަކުގެ ކުޅޭ އެއްޗެތި ވިއްކައެވެ. މީގެ ތެރެއިން ދުނިޔެއަށް ނަން މަޝްހޫރު މެލިސާ އެންޑް ޑޯ، މެޓަލް ޓޯއިސް، ފިޝަރ ޕްރައިސް، ޕިކްސަރ،ޓޮމީ، ޑިސްނީ އަދި ބާރބީ ފަދަ ބްރޭންޑްތައް ހިމިނެއެވެ. މީގެ ތެރެއިން ދިވެހިންގެ ތެރޭގައިވެސް ނަން މަޝްހޫރު ފިޝަރޕްރައިސް ބްރޭންޑް ގެ، ތުއްތު ކުދިންނަށް ބޭނުން ކުރާ ރޮކަރ އަދި އުނދޯލި ފަދަ ތަކެތީގައިވެސް ހީވެސް ނުކުރާ ފަދަ ރަގަޅު ޑިސްކައުންޓު ތަކެއް މި މަހު އަޅުވަ އެވެ.
" އަޅުގަނޑުމެން އުންމީދުކުރަން މިއީ ބެލެނިވެރިނަށްވެސް އަދި ކުދިންނަށް ވަރަށް ކަމުދާނެ ޕްރޮމޯޝަން އަކަށް ވާނެ ކަމަށް. ރިޕޯޓު ލިބި ރަގަޅު ވަނަ ކިޔެވުމުގައި ހޯދުމުން އެ ޝަރަފު އަދި ހިއްވަރު ކުއްޖާއަށް ދިނުމަށް ދިވެހިން އަބަދުވެސް ކުދިންނަށް ހަދިޔާ ދޭ،. ވީމާ މި ޕްރޮމޯޝަން އަކީ ކުއްޖާ އުފާވާނޭ ކަހަލަ ހަދިޔާ އެއް ރަގަޅު އަގުގައި ލިބިގެންދާނެ ޕްރޮމޯޝަން އެއް." އޭސް ހާރޑްވެއާއިން ބުނެ އެވެ.
އޭސް ހާރޑްވެއާ އަކީ ބައިނަލްއަގްވާމީ ބޮޑު ފްރެންޗައިސް ކުންފުންޏެކެވެ.ހާރޑްވެއާ ރީޓެއިލްގައި ދުނިޔޭގެ އެންމެ ބޮޑު ކޯޕަރޭޓިވް އެވެ. 1924ގައި ވުޖޫދަށް އައި އޭސް ހާރޑްވެއާގެ 5000 އަށްވުރެ ގިނަ ފިހާރަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް