ފާފު އަދި ދ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ހާމަކުރައްވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫއަށާއި، އެ އަތޮޅު މާއެނބޫދޫއަށާއި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ވަނީ ފުރާވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުޑަހުވަދޫއަށް ވަޑައިގެން، ދާލު އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އަދި، އެއަށްފަހު އެމަނިކުފާނު މާއެނބުދޫއަށް ވަޑައިގެން، އެރަށުގެ ނަރުދަމާގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައިކަމުގައި ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް